ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-B/426/2020/169
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2020
ޕަބްލިޝްކުރި ގަޑި: 23:08
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުން

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް 2020 މޭ 27 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

1-    ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް އަދި އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

1.1-         ހުޅުވިފައި ހުންނަ ގަޑި: 15:30 އިން 18:00އަށް

1.2-         ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.

1.3-         ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.

1.4-         ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.

1.5-         ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.

27 މޭ 2020