ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/60
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2020
ޕަބްލިޝްކުރި ގަޑި: 22:48
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯޝަލް ސަޕޯޓް ޑެސްކުގެ ގަޑިތަކަށް ބަދަލު ގެނައުން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށި ޓާސްކް ފޯސްގެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކު އިން 24 ގަޑިއިރު ދެމުން އައި ޚިދުމަތުގެ ތެރެއިން އޮޕަރޭޝަނަލް ޚިދުމަތްތައް 23 މެއި 2020 އިން ފެށިގެން ރޭގަނޑު 11:00 އިން ހެނދުނު 8:00 އަށް މެދުކަނޑާލަން ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް މަސްވެރިންނަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ރޭގަނޑު 9:00 ގެ ނިޔަލަށް ކަން ހަނދުމަފުޅުކޮށް އަރުވަމެވެ. ޑެސްކުގެ އާންމު އޮޕަރޭޝަން ގަޑިތަކަށް ބަދަލު ގެނައި ކަމުގައިވިޔަސް ސޯޝަލް ސަޕޯޓް ޑެސްކުގެ ބަނދަރު ގޮފިން ބަނދަރު ބެލެހެއްޓުމާއި ލަފާފުރާ އުޅަނދުތައް 24 ގަޑިއިރު މޮނިޓަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޗް.ޕީ.އޭގެ ފުރަބަންދަށް އެހެން ގޮތެއް އަންގަންދެން ޒަރޫރީ ބޭނުންތައް ފިޔަވައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ މަނާކަމެއްކަން މި ފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ދަތުރު ފެށުމުގެ ކުރިން ދުރާލައި އެ ރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ނަގަން ޖެހޭ ހުއްދަތައް ނެންގެވުން އެދެމެވެ. އެހެންކަމުން ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް ހޯއްދަވާ ބޭފުޅުން ބަދަލު ގެނެވިފައިވާ ގަޑިތަކަށް ސަމާލުކަން ދެއްވައި ދަތުރުކުރުމުގެ ހުއްދައާއި ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް ހޯއްދަވަންޖެހޭ އެންމެހާ ޚިދުމަތެއް ޑެސްކްގެ އާންމު އޮޕަރޭޝަން ބަންދުވުމުގެ ކުރިން ދުރާލައި ހޯއްދެވުން އެދެމެވެ.

23 މޭ 2020