ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2020/34
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2020
ޕަބްލިޝްކުރި ގަޑި: 05:43
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ފެންފުށީ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާ ގުޅޭ

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ނަންބަރު 142-CI/CIR/2020/37 ސަރކިއުލާ އިން ވަނީ ނިންމަވާފައެވެ. އެހެން ކަމުން އދ.ފެންފުށީ މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފީމެވެ.

 މި ގޮތުން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
  • ކުޑަ މުސައްލައެއް ގެންދިއުން
  • މާސްކު އަޅައިގެން މިސްކިތަށް ދިއުން
  • ރޯގާޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ކިނބިހި އަޅާނަމަ މިސްކިތަށް ނުދިއުން
  • ނަމާދުކޮށް ނިމުމަށްފަހު މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން
  • ފުއްޕާމޭގެ ބަލިހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުންފަދަ ކަންކަން ކުރުމުން ދުރުހެލިވުން
  • ޖަމާއަތުގެ ސަފުހެދުމުގައި ގައިދުރުކަން ނުބެހެއްޓުން.
22 މޭ 2020