ދެންނެވުން
ނަންބަރު: (IUL)425-B6/1/2020/57
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2020
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 21 މޭ 2020 21:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅުއްވާ ފަރާތްތަކަށް ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް ނަންނޯޓުކުރެއްވުމާބެހޭ

އިޢުލާން

 މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅުއްވާ ފަރާތްތަކަށް ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް ނަންނޯޓުކުރެއްވުމާބެހޭ   

 

          މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުގެ ފަރާތުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް، މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ބެހުމަށްފަހު ބާކީހުރި 2903 ޕަކެޓު ކަދުރު މި ކައުންސިލްގައި ހުރިވާހަކަ ދާންނަވަމެވެ.

          މާލެއާއި ވިލިމާލޭގައި ދިރިއުޅުއްވާފަރަތްތަކުގެ ތެރެއިން ކަދުރު ޕަކެޓު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތު 9955788 ނަންބަރު މޮބައިލްއަށް 21 މެއި 2020 ވަނަ ދުވަހުގެ 21:00ގެ ކުރިން ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ. ކަދުރުޕަކެޓު ދޫކުރެވެމުންދާނީ ހުސްވަންދެން ފުރަތަމަ އެސްއެމްއެސް ފޮނުއްވާ ފަރާތްތަކަށް އިސްކަންދީގެންކަމުގައިވެސް ދަންނަވަމެވެ.

1-      ފުރިހަމަނަން:

2-      އައިޑީކާޑު ނަންބަރު:

3-      މިހާރު ދިރިއުޅުއްވާ އެޑްރެސް:

4-      އަވަށާއި މަގުގެނަން:

5-      މޮބައިލަންނަބަރު:

            ވީމާ، މިކަން މާލޭ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

20 މޭ 2020