ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2020/45
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2020
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި:
28 މޭ 2020 12:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުނޑީ އަވަށު ބަނދަރުގައި އޮތް "ދިރާސާ" ދޯންޏާއި ބެހޭ
މި ރަށު ތުނޑީ އަވަށު ބަނދަރުގައި އޮތް ރަޖިސްޓްރީ ނަންބަރު P2797 A-01 13-N ދޯންޏާއި، P 7902 A-04 08-E ''ދިރާސާ'' ދޯންނީގެ ވެރި ފަރާތެއް ވާނަމަ 18 މެއި 2020 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި އެ އުޅަދުތަކުގެ ވެރިފަރާތުން، ނުވަތަ އެ އުޅަނދުތަކާ ހަވާލުވެތިބި ފަރާތްތަކުން އެއްވެސް ޚަބަރެއް ނުވެއްޖެނަމަ، ގަވާއިދު ނަންބަރު2014/R333 ''ބަނދަރު ބެލެހެއްޓުމާއިބެހޭ ގައިވާއިދު، ލ.ގަން'' ގައިވާ ގޮތުގެމަތީން އެ 2 އުޅަނދާ މެދު އަމަލު ކުރާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
25ރަމަޟާން 1441ހ
18 މެއި 2020މ
18 މޭ 2020