ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-73/GS-73/2020/04
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2020
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 07 ޖޫން 2020 14:00
އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ނަމްބަރ GS73/IUL/2020/03 (13 މޭ 2020) އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
  2. މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޖޫން 07ވަނަ ދުވަހަގެ ކުރިން މިސްކޫލުގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ސިޓީގައި މެއިލް އެޑްރެސް އަދި ގުޅޭނޭ ނަމްބަރެއް ޖެއްސެވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖޫން 08 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2020 ޖޫން 09 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންލައިން ކޮށެވެ. (ވައިބާރ ، މެސެންޖާރ)
  6. ބީލަން ހުޅުވުން އޮންނާނީ  2020 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެވެ. ބީލަން ހުޅުވާނެ ގޮތަކާއި ތަނެއް ބީލަމުގައި ބައިވެރިވާ ފަރާތަށް އެންގޭނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

އަބޫބަކުރު ސުކޫލް

ގދ ތިނަދޫ

ފޯން: . 6842092/6842755

އީ-މެއިލް: [email protected]

 

19 މޭ 2020

19 މޭ 2020