ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)283-BF/283/2020/25
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2020
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި:
31 މޭ 2020 00:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް -19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުން
ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި މިރަށުން ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާތީއާއި، މިބަލި ފެތުރޭރަށްރަށުން މިހުން އައުން މަނާކުރެވިފައިވާތީ 13 މެއި 2020ގައި މިކައުންސިލުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކުގެ ތެރެއިން ތިރީގައިވާ ފިޔަވަޅުތައްފިޔަވާ އެހެން ފިޔަވަޅުތައް އުވާލަން ނިންމައިފީމެވެ.
- ރޭގަނޑު 11:00 ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި، ގެއިންބޭރުގައި އުޅުމަކީ މަނާކަމެކެވެ. އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792237 އަށް ގުޅުއްވާ ޚާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހުގައެވެ.
- ޒަރޫރީ ބޭނުމެއްގައި ފިޔަވާ އެހެން އެހެން ރަށްރަށަށް ދަތުރު ކުރުމަކީ މަނާކަމެކެވެ. އެފަދަ ބޭނުމެއްގައި ދަތުރުޖުރެވޭނީ ފުނަދޫ ކައުންސިލުގެ ޚާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހުގައެވެ.
ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލިނަމަވެސް ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަންދިނުމަށް ދަންނަވަމެވެ.
- މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުން.
- ގުރޫޕް ހަދައިގެން ބޭރަށް ނުކުތުމާއި، ފިނިބުރުޖެހުމާއި، އާންމުތަންތަނަށް އެއްވެނޫޅުން.
- ފިހާރަ ތަކުން ޚިދުމަތް ހޯއްދެވުމުގައި ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 މޭ 2020