ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2020/33
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2020
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 23 މޭ 2020 16:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމާއިގުޅޭ

                         އިޢުލާނު

           މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2020/29 (12 އެޕްރީލް 2020) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުސަތުގައި 160 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ. ފޯމު ހުށަހެޅި ފާރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ގޭބިސީތަކާއި ޝަރުތު ހަމަނުވާ ގޭބިސީތަކުގެ ލިސްޓް މި އިޢުލާނާއި އެކު ވަނީ އެއްކަރުދާސް ކުރެވިފައެވެ.  މި ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުޅަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

           ޝަކުވާ ހުށަހަޅާ ފޯމް ލިބިވަޑައިގަންނަވާނީ އިނގުރައިދޫ ކައުންސިލްގެ ކުރިމަތީގައިވާ ކޮވިޑް-19 ސްކޭނިންގ ކައުންޓަރުންނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ 13:00-16:00އަށް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 23 މޭ 2020 ނިޔަލަށެވެ.

                މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 މޭ 2020