ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2020/15
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2020
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 27 މޭ 2020 11:35
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމުގައި ކުނިއުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ކުނި އުކާލަދީ ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މިރަށުގެ ކުނިއުކާލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ކުނި އުކާލަދީ ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ  ފަރާތްތަކުން މި މަސައްކަތްތަކުގެ މައުލޫމާތު ފޯމް ބައްލަވައިގެން  2020 މެއި  27 ވާ ހޯމަ  ދުވަހުގެ 11.35ށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ފޯމް  18 މެއި 2020 އިން ފެށިގެން ކައުންސިލް ހުޅުވިފައި ހުންނަ ދުވަސްތަކުގެ 10.00 ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މައުލޫމާތު ފޯމްގެ އަގަގީ -/100 (އެއްސަތޭކަރުފިޔާ) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ޖޫން 02 ވާ އަންގާރަ ދުވަހުގެ 11.35ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް  ރޫމްގައެވެ. މަޢުލޫމާތު  ސާފުނުކުރައްވާ  ފަރާތްތަކަށް  އަންދާސީ ހިސާބު  ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ  ފަރާތެއްނަމަ  ވެރިފަރާތުގެ ސިޓީއާއި  ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

 

 

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %85
  • މާލީ ޤާބިލްކަމަށް 
  • ތަޖްރިބާ

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

18 މޭ 2020