މަސައްކަތް
ނަންބަރު: (IUL)342/INDIV/2020/60
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2020
ޕަބްލިޝްކުރި ގަޑި: 23:07
ސުންގަޑި: 27 މޭ 2020 09:15
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިވެރި ކައުންސިލްގެ ސެކިއުރިޓީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

އިޢުލާން

މަތިވެރި ކައުންސިލްގެ ސެކިއުރިޓީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

އއ. މަތިވެރި ކައުންސިލް އިދާރާގެ ސެކިއުރިޓީ ކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

              ވީމާ މިފަދަ ކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

20  މޭ 2020

ބުދަ

ރޭގަނޑު 21:15

ޕްރޮޕޯސަލް ހުށަހެޅުން

27 މޭ 2020

ބުދަ

ރޭގަނޑު 21:15

       

              މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                      މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  25 ރަމަޟާން 1441

                     17 މޭ 2020

17 މޭ 2020