ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2020/47
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2020
ޕަބްލިޝްކުރި ގަޑި: 12:42
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރޭޓަރ މާލޭގެ ގޯތި ގެދޮރުގެ ވެރިންނާއި ކޮންސްޓްރަކްޝަން ސައިޓުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

 ގްރޭޓަރ މާލޭގެ ގޯތި ގެދޮރުގެ ވެރިންނާއި ކޮންސްޓްރަކްޝަން ސައިޓުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް    

 

 

          ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ގްރޭޓާރ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވާތީ، އާއި މި ދުވަސްވަރު ގްރޭޓަރ މާލޭ އަށް ވައިގަދަވެ ގިނަ އަދަދެއްގެ ގެއްލުންލިބެމުންދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓަރ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓަރ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް އިލްތިމާސް ކުރަމެވެ. އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ދެންނެވީމެވެ.

             ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

15 މޭ 2020