ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2020/ 22
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2020
ޕަބްލިޝްކުރި ގަޑި: 22:12
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މި އިޢުލާންވަނީ 23 މޭ 2020 21:57 ގައި ބާތިލް ކުރެވިފައެވެ.


ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް އެޗް.ޕީ.އޭ އިން އިރުޝާދު ދީފައިވާތީ މިކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 މެއި 2020 ގެ 00:00 ން ފެށިގެން ތިރީގައިވާފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

      1.            ރަށުގެ އެއްވެސް ސަރަހައްދެއްގައި އެއްވެ އުޅުމަކީ މަނާކަމެއްކެވެ.

      2.            ރަށުގެ އެކިސަރަހައްދުތަކުގައިވާ ޖޯލިތައް ނަގައި ފިނިމައިޒާންތައް ބޭނުންނުކުރެވޭ ގޮތައް ބަންދުކުރުމަށް.

      3.            ރަށުގެ ކެފޭތައް ޑެލިވަރީޚިދުމަތްދޭގޮތައް ބަންދުކުރުން.

      4.            ރަށުގެ ފިހާރަތަކުގައި ގައިދުރުކަންހުންނާނޭގޮތައް ޚިދުމަތްދިނުން.

      5.            ރަށުގެ ފިހާރަތައް ނަމާދުވަގުތުތައްފިޔަވައި ހެނދުނު 9:00 އިން ރޭގަނޑު 23:00 އަށް ހުޅުވާފައި ބެހެއްޓުން.

      6.            ކޮންމެ ގޭބިސީއަކުން ވިޔަފާރިކުރުމަށް ކޮންމެދުވަހަކު އެއްބޭފުޅަކު ގެއިން ނުތުން.

      7.            ޒަރޫރީ ބޭނުމަށް ގެނެވޭ ތަކެތިފިޔަވައި ރަށައް މުދާގެނައުމާއި ރަށުން މުދާފޮނުވާ ދުވަސްތަކުގެ ގޮތުގައި ހަފްތާގެ ހޮނިހިރު އަދި އަންގާރަދުވަސް ކަނޑައެޅުނު. މިގޮތުން އަތޮޅުފެރީ އާއި މާލެދަތުރުކުރާ ބޯޓްތައް އިސްތިސްނާވާނެއެވެ.

      8.            އުޅަނދުފަހަރު ލަފާފުރާ ސަރަހައްދެއްގެ ގޮތުގައި ރަށުގެ ބަނދަރުގެ ދެކުނުކޮޅު ކަނޑައެޅުނު.

      9.            މާލެއިން ތަކެތި ގެނައުމާއި ގެންދިއުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ މިންގަނޑާއި އެއްގޮތައް އަމަލުކުރުމަށް ނިންމުނު.

  10.            ފަރުމަސްވެރިކަން ކުރުމުގެ ހުއްދަދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޤަވާއިދާ އެއްގޮތައް އަމަލުކުރުން.

  11.            ރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައްނަގައި ކޮންމެފްތާއެއްގައި އެފަރާތްތަކުގެ ހާލަތު މޮނިޓަރކުރުން.

  12.            ރަށުގައި އެސްޓީއޯގެ މިންގަނޑާއި އެއްގޮތައް ކާޑުވިއްކަމުންދާކަން ޔަގީންކުރުން އަދި ފިހާރަތަކުގައި ކާޑު ހުރިމިންވަރު ދުވަހުންދުވަހައް އަދާހަމަކުރަމުންދިއުން.

  13.            ކޮވިޑް 19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދުނުކުރުމަށް އަންގާފައިވީހިދު ޙަރަދު ކުޑަކުރުމުގެ ގޮތުން މަސްޖިދުލް ނަސްރި މިސްކިތުގެ އަންހެނުންނައް ހާއްސަކުރެވިފައިވާ ބައި ބޭނުންކުރުމަށް.

    14.            ހުއްދަލިބިގެން ގެއިންބޭރަށް ނުކުންނައް ފަރާތްތައް މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.

  15.            ކައުންސިލްގެ ނިންމުންތަކާއި ހިލާފްވާ ފަރާތްތަކަށް ކުށުގެ ކުޑަބޮޑުމިނައްބަލައި ފުރަތަމަފަހަރަށް ނަސޭޙަތް ދިނުމަށް.

  16.            ކައުންސިލްގެ ނިންމުންތަކާއި ތަކުރާރުކޮށްހިލާފްވެއްޖެނަމަ ކުށުގެ ކުޑަބޮޑުމިނައްބަލައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ނިންމުނު.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

13 މޭ 2020