ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2020/90
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2020
ޕަބްލިޝްކުރި ގަޑި: 17:48
ސުންގަޑި: 28 މޭ 2020 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން

އިޢުލާން

 

މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން

 

ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން، 28 މެއި 2020ގެ ނިޔަލަށް، ވަގުތީ ގޮތުން ހުއްޓާލާފައިވާ ވާހަކަ ދަންނަވަމެވެ.

 

ނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑްއިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.

15 މޭ 2020