ދެންނެވުން
ނަންބަރު: (IUL)342/2020/52
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 22:14
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

 

              ކޮވިޑް 19 ރާއްޖޭގެ ރަށްރަށުގައި ހަލުވުކަމާއެކު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ޝަރަޙައްދުފިޔަވާ ރާއްޖޭގެ ރަށްށުގައި ޙާއްޞަ ފިޔަވަޅުތަކެއް އެޗް. ޕީ. އޭ ގެ ނަމްބަރު 2020/36 ވަނީ އަންގާފައެވެ. އަދި އެޗް. ޕީ. އޭގެ ނަމްބަރު 2020/39 އެންގުމުންވަނީ ކޮވީޑް 19 އިން ރައްކާތެރިވުމަށް ޙާއްސަ ފިޔަވަޅުތަކެއް އުޅުމަށް ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. މިގޮތުން މިކައުންސިލްގެ ނަމްބަރު (IUL)342/2020/43 އިޢުލާނާއި ކައުންސިލްގެ ނަމްބަރު (IUL)342/2020/47  އިޢުލާނުންވާނީ ޟަރޫރީ ބޭނުމެއް ނެތި ރަށުތެރޭގައި ނޫޅުމަށް އަންގާ އިޢުލާންކޮށްފައެވެ. ނަމަވެސް މަދު ބައެއްގެ ފަރާތުން ކައުންސިލްގެ އެންގުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާތީވެ، މިކަން މިގޮތަށް ނުކުރުމަށް އަންގާ ހަނދާންކޮށްދެމެވެ. މިގޮތުން ޟަރޫރީ ބޭނުމެއް ނެތި ހަވީރުގެ ގަޑިތަކާއި އެހެނިހެން ގަޑިތަކުގައި މީހުން މަގުމަތީގައި ނިކުމެ އުޅުމާއި ފިނިބުރުޖެހުމަށް ސައިކަލް ދުއްވާ ހެދުމަކީ މަނާކަމެކެވެ.

މިއެންގުތަކާއި ޚިލާފްވާފަރާތްތަށް ޤާނޫނު ނަމްބަރު 2010/7 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެފަރާތަކަށް ނަސޭޙަތްތެރިވުމަށްފަހު -/500ރ އާއި -/5000ރ ދެމެދުގެ އަދަދުން ޖޫރިމަނާކުރެވޭނެއެވެ.

              އަދި ދަންނަވަމެ، އަޅުގަނޑުމެންގެ މިރަށް ކޮވިޑް 19 އިން ރައްކާތެރިކުރުމަށް ކައުންސިލާއި ޓާސްކުފޯސްއިން މިކުރަމުންދާ މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދި ނިހާޔަތަށް އާދޭހާއެކު ދެންނެވީމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            6 ރަމަޟާން 1441

                     28 އޭޕްރީލް 2020

28 އޭޕްރިލް 2020