ދިވެހިރާއްޖެ
| 
 ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2021-2022  | 
| 
 މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2020/43 (17 ފެބްރުވަރީ 2020) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. 
 ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައި ކުރުމުގެ މުއްދަތު 10 ޖޫން 2020 (ބުދަ) ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ. އަދި އެޕްލައި ކުރިކަން [email protected] އީމެއިލަށް އެންގުން އެދެމެވެ. މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ ޖޫން މަހު ފަހުކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ. 
 މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު ޙަވާލާދީފައިވާ އިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. 
 Online application by creating user account: https://apply.iie.org/huberthhumphrey 
 * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. 
  |