ދިވެހިރާއްޖެ
އިޢުލާނު
އެމްބިއުލޭންސް ގަރާޖު ހެދުމުގެ މަސައްކަތާއިގުޅޭ:
މި ސިއްޙީމަރުކަޒުގައި އެމްބިއުލޭންސް ގަރާޖެއް ހެދުމަށް ކޮށްފައިވާ އިޢުލާނު ނަމްބަރު (IUL)L5HC/2020/12 11 މެއި 2020 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ޢަދަދަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އެމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2020 މެއި 18 ވާ ހޯމަދުވަހުގެ 13.15 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2020 މެއި 21 ވާ ބުރާސްފަތި ދުވަހުގެ 13.15 ގައި މިމަރުކަޒަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް އަދި ފުރިހަމަ ނުވާ އަންދާސީ ހިސާބު ފޯމުތައް ބަލައި ނުގަނެވޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
21 ރަމަޟާން 1441 |
14 މެއި 2020 |