ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)283-BF/283/2020/24
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2020
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 30 މޭ 2020 00:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް -19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް އެޗް.ޕީ.އޭ އިން އިރުޝާދު ދީފައިވާތީ މިކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 މެއި 2020 ގެ 00:00 ން ފެށިގެން ތިރީގައިވާފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

01. ހަވީރު 04:00 ން ރޭގަނޑު 11:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވާ ގެއިންބޭރަށް ނުކުތުމަކީ މަނާކަމެކެވެ. އަދި އެފަދަ ބޭނުމެއްގައި ނުކުންނަވާއިރު ބާޒާރު ކާޑު އޮންނަންވާނެއެވެ.

  1. 02.  ރޭގަނޑު 11:00 ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި، ގެއިންބޭރުގައި އުޅުމަކީ މަނާކަމެކެވެ. އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792237 އަށް ގުޅުއްވާ ޚާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހުގައެވެ.

03. މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.

04. ގުރޫޕް ހަދައިގެން ބޭރަށް ނުކުތުމާއި، އާންމުތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.

  1. 05.  ފިހާރަ ތަކުން ޚިދުމަތް ހޯއްދެވުމުގައި ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްފަހަރާ 02 މީހުންނަށްވުރެ އިތުރަށް ފިހާރައަށް ވަނުމަކީ މަނާކަމެކެވެ.

06. ކައުންސިލްގެ ހުއްދައެއްނެތި ރަށަށް އެރުމާއި ، އެހެން ރަށަކަށް ދަތުރުކުރުމަކީ މަނާކަމެކެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

11 މޭ 2020