ދެންނެވުން
ނަންބަރު: (IUL)342/2020/43
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 23:19
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމާގުޅޭ

އިޢުލާން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޙާއްސަ ފިޔަވަޅުތަކެއް އެޅުމާގުޅޭ

              ދިވެހިރާއްޖެގެ ވެރިކަން ކުރާރަށް މާލެއިން ދިވެއްސަކު ކޮވިޑް 19 އަށް ފައްސިވުމާގުޅިގެން މިބަލި ކޮންޓްރޯލްކޮށް އިތުރަށް ފެތުރަނުދިނުމުގެ ގޮތުން ރަށުގައި ގާއިމްކުރެވިފައިވާ ޓާސްކްފޯސްގެ ލަފާގެ މަތިން މިދަންނަވާ ފިޔަވަޅުތަށް އެޅުމަށްވަނީ ނިންމާފައެވެ. 

  • މާލެއާއި މާލެކައިރިން ޞަރަޙައްދުން 14 އޭޕްރީލްގެ ފަހުން މިރަށަށް އިއިސްފައިވާ ފަރާތްތަކުން 14 ދުވަސްވަންދެން ގޭގައި މަޑުކުރުން
  • ޝަރޫރީ ބޭނުންތަކުގައި މެނުވީ އެއްރަށުން އަނެއްރަށަށް އަރާފޭބުން މިއަދު އިރުއޮއްސި 6.00 އިން ފެށިގެން އެޗް. ޕީ. އޭ އިން މަނާކުރުމާއiގުޅިގެން މިރަށަށްވެސް ޟަރޫރީ ބޭނުންތަކުގައި އަންނަފަރާތްތަކުން މިދަންނަވާ ނަމްބަރުތަކަށް 9665188، 9907298، 7772549 އަދި 9997886 ގުޅުއްވާ މަޢުލޫމަތު ހިއްސާކުރެވުން އެދެން
  • ދިރިއުޅޭ ގޭބިސީ ފިޔަވާ އެހެން އެއްވެސްތަނެއްގައި އެއްވެ އުޅުމާއި ޙާއްސަކޮށް ޕާޓީތަކާއި ހަފްލާތަށް ބޭއްވުމާއި މާހެފުމާއި ދަތުރު ދިޔުމާއި، މޫއްދަށް އެރުމާއި ކުޅިވަރުކުޅުމާއި ގުރޫޕްހަދާފައި އުޅުމަކީ މަނާކަމެއް
  • ބަލިން ރައްކާތެރިވުމުގެގޮތުން ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައުވެސް އަމަލުކުރުމާއި ޟަރޫރޫ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް މީހުންނާއި 3 ފޫޓް ގައިދުރުކަން ބެހެއްޓުން
  • މާލެއިންނާއި ރިސޯޓްތަކުންނާއި ސަފާރިތަކުން މިރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކެއްސުމާއި ހުންއައުން އަދި ނޭވާއަށް އުންދަގޫވުން ފަދަ ކޮވިޑް 19 ގެ އަލާމާތެއް ހުރިނަމަ، ލަސްނުކުރައްވާ 1676 ނަމްބަރާއި ގުޅުއްވާ ނުވަތަ މެސެޖްއިން މަޢުލޫމާތު ހިއްސާކުރުން

                  މިދެންނެވި ފިޔަވަޅުތަކާއި ޚަލީފަށް ޢަމަލުތަށް ބަހައްޓާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކަމާބެހޭފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި މިކަން ޓާސްކްފޯސްގެ ފަރާތުން ބަލަމުން ދާނެވާހަކަވެސް ދަންނަވަމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            24 ޝަޢުބާން 1441

                     17 އޭޕްރީލް 2020

17 އޭޕްރިލް 2020