ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-B/426/2020/156
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2020
ޕަބްލިޝްކުރި ގަޑި: 2254
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫގެ މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން

ޢިއުލާން 

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2020/93 ކަރަންޓީނު ކޮށްފައިވާކަން އަންގާލިޔުމާއި އެއެޖެންސީގެ ނަންބަރު 39/2020 އެންގުމުގެ 1 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް 2020 މޭއި 09 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އައްޑޫގައި އެޅުމަށް ނިންމާފައިވެއެވެ.

  1. އައްޑޫގެ ހުރިހާ އަވަށެއްގައި އެއްގަމު އުޅުނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުން.
  2. އައްޑޫ ސިޓީގެ އަވަށްތަކަށް އަރައިފޭބުން ހުއްޓައިލުން.

 

މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި ތިރީގައި މިވާ ފަރާތްތަކާއި އުޅަނދުފަހު އިސްތިސްނާވާނެއެވެ.

  1. ސަލާމަތީ ބާރުތަކާއި، ޤާނޫނުތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  2. ޞިއްހީ ޙިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  3. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  4. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ) އިން ހުއްދަ ލިބިފައިވާ އާއްމު ޙިދުމަތްދޭ  ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  5. އެމްބިއުލާންސް.
  6.  އީ.އޯ.ސީ އިން ވަކިބޭނުމަކަށް ފާސް ދޫކޮށްފައިވާ ފަރާތްތައް. މީގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް ފާސް ލިބިފައިވާ އަންނަނިވި ފަރާތްތައް ހިމެނެއެވެ؛

(ހ) އައްޑޫ އީ.އޯ.ސީ އާއި އެސް.އެސް.ޑީ ގައި މަސައްކަތްކުރާ ފަރާތްތައް.

(ށ) ޑެލިވަރީކުރުމަށާއި ފިހާރަތަކުގައި މަސައްކަތްކުރާ ފަރާތްތައް.

(ނ) ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތައް.

(ރ) މީގެ އިތުރުން ވެސް އައްޑޫ އީ.އޯ.ސީ ގެ ހުއްދަލިބިފައިވާ ފަރާތްތައް

  1. އައްޑޫ އީ.އޯ.ސީ އިން ހުއްދަ ލިބިފައިވާ ފާމަސީތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  2. އައްޑޫ އީ.އޯ.ސީގެ ޚާއްޞަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް.

މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ކައުންސިލުން އަންގާ ގޮތެއްގެމަތިން ޢަމަލުކުރެވޭނެއެވެ. މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ.

16 ރަމަޟާން 1441

2020-05-09