ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2020/88
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2020
ޕަބްލިޝްކުރި ގަޑި: 22:09
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

                                  ޢިއުލާން

ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

 

 މި މިނިސްޓްރީގެ ޢިއުލާން ނަންބަރު: (IUL)101-LES/1/2020/80  (11 އޭޕްރިލް 2020) އަށް ހަވާލާދީ ދަންނަވަމެވެ.

 ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތު އިތުރުކުރައްވާފައިވާތީ، މި މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތައް 10 މެއި 2020 އިން ފެށިގެން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އަންނަނިވި ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

  1. ކޯޓާގެ މުއްދަތު އިތުރުކުރުން
  2. އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުން
  3. ވަޒީފާ ދޭފަރާތް ބަދަލުކުރުން
  4. މަސައްކަތްކުރާ ވާރކް ސައިޓް ބަދަލުކުރުން
  5. އޮކިއުޕޭޝަން ޗޭންޖް ކުރުން
  6. އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުން
  7. ޑިޕޮސިޓް ރިފަންޑް ކުރުން

 

މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް 9199151 ނަންބަރު ފޯނުން އެމްޕްލޯއިމަންޓް އެޕްރޫވަލް އާ ގުޅުންހުރި މައުލޫމާތު ސާފުކުރެއްވޭނެ ކަމުގައި ދަންނަވަމެވެ.

                                ‏16‏ ރަމަޟާން‏ 1441

 

08 މޭ 2020