މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2020/44
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2020
ޕަބްލިޝްކުރި ގަޑި: 1650
ސުންގަޑި: 10 މޭ 2020 1600
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމްގެ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު ހަފްތާގެ ކެއުން ސަޕްލައިކޮށްދިނުން

 

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/44

 

 

އިޢުލާން

ލޮކްޑައުން ޙާލަތުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު ހަފްތާގެ ކެއުން ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މެނޫ އާއި އެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ރޯދަމަހުގެ ކެއުން ސަޕްލައި ކުރަންޖެހޭ މުއްދަތު: މިރޯދަމަހުގެ ފަހު ހަފްތާ (14 މެއި 2020 ވާ ދުވަހުގެރޭ ގެ ހާރުދަމުގެ ކެއުމުން ފެށިގެން ރޯދަމުގެ ފަހު ދުވަހުގެ ތަރާވީސް ދަމާއި ހަމައަށް)

ބޭނުންވާ ކަންތައް (ކޯޓޭޝަން ހުށަހަޅަން ބޭނުންވާ މަޢުލޫމާތު):

  1. ކެއުމުގެ ގޮތުގައި ސަޕްލައިކޮށްދޭން ޖެހޭނީ ރޯދަވިއްލުން، ތަރާސްވިސް ދަން އަދި ހާރުދަމުގެ ކެއުމެވެ.
  2. ދުވާލަކަށް ބޮލަކަށް ގިނަވެގެން 200ރ.
  3. ދުވާލަކު ސަޕްލައިކުރަންޖެހޭ ޢަދަދު 66 މީހުންގެ ކެއުން
  4. ސަޕްލައިކުރާ ކާތެކެތި ހުންނަންވާނި ވަކިން ޕެކްކުރެވިފަ
  5. ޑެލިވަރީ ކުރަންޖެހޭނީ ޚިދުމަތްދޭ ފަރާތުގެ އަމިއްލަ ޚަރަދުގައި އަދި 2 ޢީމާރާތަށް ވަކިން (2 ޢިމަރާތަކީ؛ ޓީވީ ބިލްޑިންގް / ބުރުޒުމަގު އަދި ރޭޑިއޯ ބިލްޑިންގ / އަމީނީ މަގު). ކޮންމެ ބިލްޑީންގ އަކަށް ސަޕްލައިކުރަންޖެހޭ އަދަދު ވަކިން ސަޕްލައިކުރަންޖެހޭ ގަޑީގެ 5 ގަޑިއިރު ކުރިން ޙިއްޞާ ކުރެވޭނެ.

މެނޫގައި ކޮންމެހެން ހުންނަންޖެހޭ ބާވަތްތައް:

ރޯދަ ވީއްލާ ގަޑި: ޖޫސް، ކަދުރު، ހެދިކާ، ސެލެޑް، ބަތް، ރޮށި، ރިހަ (ބަތް/ރޮށި މޮޑެގެން ކާލެވޭފަދަ) މަސްހުނި، ފޮނިކާއެއްޗެއް

ތަރާވީސްގަޑި: 2 ވައްތަރުގެ ހެދިކާ، ޖޫސް

ހާރު ގަޑި: ޖޫސް، ސެލެޑް، ބަތް، ރޮށި، ރިހަ (ބަތް/ރޮށި މޮޑެގެން ކާލެވޭފަދަ) ގަރުދިޔަ، ފޮނިކާއެއްޗެއް

 

ކާ ތަކެތި ތައްޔާރު ކުރުމާއި، ޕެކް ކުރުމާއި ޑެލިވަރީ ކުރުމުގައި ސިއްޙީ ސަލާމަތްތެރިކަމަށް (ފުޑް ހައިޖީން ކަން) ޔަޤީންކޮށްދިނުން:

މިއީ ދުނިޔައަށް އައިސްގެން އުޅޭ ކޮވިޑް 19 ގެ ބިރުވެރިކަން މާލެއަށް ދިމާވެގެން އުޅޭ ދުވަސްވަރެއްކަމުން ކާތަކެތި ތައްޔަރުކުރުމާއި، ޕްކްކުރުމާއި ޑެލިވަރީ ކުރުމުގައި ތައްޔާރުކުރާ ކާއެއްޗެތީގެ ސާފުތާހިރުކަމަށް (ފުޑް ހައިޖީންއަށް) ޚައްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އަދި ކަމެއް ދިމާވެގެން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި އެކަން ބެލޭނޮގޮތް ހަދައިދޭންވާނެއެވެ. މިގޮތުން

  1. ކޮންމެ ކެއުމެއް (މީލެއް) ކައްކާ ގަޑިގައި މުވައްޒަފުން ތިބޭ ސްޓޭޓަސް އެނގޭނެ ގޮތުގެ ފޮޓޯއެއް ނަގައި ވައިބަރ ކުރުން.
  2. ކޮންމެ ގަޑިއެއްގެ މީލް ޕެކް ކުރިއިރު މުވައްޒަފުން ތިބިގޮތް ދައްކައިދޭ ފޮޓޯއެއް ނަގައި ވައިބަރ ކުރުން
  3. ޑެލިވަރީކުރާ އިރު ފުޑް ޕެކްކުރި ކޮތަޅުގެ ބޭރުން ޑެލިވަރީ ހެނޑްލް ކުރުމަށް 2 ވަނަ ކޮތަޅެއްލުން
  4. ކައްކާ މީހުންނާއި، ޕެކްކުރާ މީހުންނާއި ޑެލިކުރާ މީހުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ކޮވިޑަށް ޝައްކުކުރެވޭ ކަމެއް ނުވަތަ އެމުވައްޒަފު ހުންނަ ތަނަކުން އެފަދަކަމެއް ފެނިއްޖެނަމަ އެކަން ޕީއެސްއެމްއަށް އެންގުން.
  5. މައްސަލައެއް ދިމާވާއިރު މިއިން ކަމަކާއި ޚިލާފުވެފައިވާނަމަ އިތުރު އިންޒާރަކާއި ނުލައި ކުރިއަށް ހުރި އޯޑަރުތައް އެއްކޮށް ކެންސަލްކުރުމުގެ އިޚްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

ކޮޓޭޝަން ހުށަހަޅާ ފަރާތުގައި ހުންނަޖެހޭ ޝަރުތުތައް:

  1. ކެއުމުގެ ޚިދުމަތް ދިނުމަށް ރަސްމީ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައިވުން (ލިއުން ހުށަހަށަންޖެހޭނެ)
  2. ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިއޮތުން (ލިއުން ހުށަހަޅަންޖެހޭނެ)
  3. ލޮކްޑައުން ޙާލަތުގައި ކައްކައި ޑެލިވަރީކޮށްދިނުމުގެ ލައިސެންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން (ލިއުން ހުށަހަޅަންޖެހޭނެ)
  4. ކެއުމުގެ ޚިދުމަތް ދިނުމުގައި މަދުވެގެން 3 މަސްދުވަސް ވެފައިވާ ފަރާތެއް ކަމުގައިވުން.
  5. އަމިއްލަ ޚަރަދުގައި ޑެލިވަރީ ކޮށްދިނުން

ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައް:

  1. ދީފައިވާ އަގަށް (ދުވާލަކަށް ބޮލަކަށްޖެހޭ އަގު) ވުރެ ބޮޑުނުވުން
  2. ހުށަހަޅާ މެނޫގެ ވެރައިޓި (ހަފްތާގެ ދުވަސް ތަފާތު ވާގޮތައް)

2.1    ރޯދަ ވީއްލުމުގެ މެނޫ

2.2    ހާރުދަމުގެ މެނޫ (ލައިޓް މެނޫއެއް)

2.3    ހާރުދަމުގެ މެނޫ

  1. ލޮކްޑައުންގެ ޙާލަތު ބަދަލުވެ ޕީއެސްއެމްއިން ލޮކޮޑައުން ޙާލަތުގައި މަސައްކަތް ކުރަމުން ދިޔަގޮތް ނޫންގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ އެޑްވާންސްކޮށް އެއް ދުވަސް ކުރިއަށް ސަޕްލައި ކޮށްދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަށް އެންގުމަށްފަހު ކުރިއަށް ހުރި އޯޑަރުތައް ކެންސަލް ކުރުމުގެ އިޙްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

ކޯޓޭޝަން ހުށަހަޅަން ޖެހޭ ތާރީޚާއި ގަޑި އަދި ތަން:

  1. ތަން: ޕީއެސްއެމް ޕްރޮކިއޮމަންޓަށް އެޑްރެސްކޮށް އިމެއިލްއިން. އީމެއިލް އެޑްރެހަކީ ([email protected])
  2. ތާރީޚް އާއި ގަޑި: 10 މެއި 2020 ގެ ހަވީރު 4:00ގެ ކުރިން.

 

13 ރަމަޟާން 1441             

                                 06 މެއި 2020        

 

 

 

2020-05-06