ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2020/18
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2020
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 18 މޭ 2020 12:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން

                                                                 ނަންބަރު: 254/254/2020/18(IUL)

 

އިޢުލާން

1441 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން

1441 ވަނައަހަރުގެ ފިޠުރު ޒަކާތް 11 ރަމަޟާން 1441 (04 މޭ 2020) ވަނަ ދުވަހުން ފެށިގެން 25 ރަމަޟާން 1441 (18 މޭ 2020) ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ.  

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. ޒަކާތް ދައްކަވާނީ ތިރީގައިއެވާ އަގުތަކުންނެވެ.

  • ·      އާދައިގެ ހަނޑުލުންނަމަ މީހަކަށް 11.52ރ (އެގާރަ ރުފިޔާ ފަންސާސްދެލާރި)
  • ·      ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 48.00ރ (ސާޅީސްއަށް ރުފިޔާ)
  • ·      އާދައިގެ ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 58.00ރ (ފަންސާސްއަށްރުފިޔާ)
  • ·      މޮޅު ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 86.50ރ (އަށްޑިހަހަރުފިޔާ ފަންސާސްލާރި)
  • ·      އެންމެ މޮޅު ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 91.25ރ (ނުވަދިހައެއްރުފިޔާ ފަންސަވީސްލާރި)
  • ·      އާދައިގެ ފުށުންނަމަ 2.4 ކިލޯ މަގުން މީހަކަށް 09.12ރ (ނުވަރުފިޔާ ބާރަ ލާރި)
  • ·      އާޓާ ފުށުންނަމަ 2.4 ކިލޯ މަގުން މީހަކަށް 53.00ރ (ފަންސާސްތިން ރުފިޔާ)

ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރާނީ މިއިދާރާގެ 002-700298-7714 (ރެވެނިއު އެކައުންޓް 2) އަށެވެ. މި އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރި ފައިސާގެ ސްލިޕާއިއެކު ޒަކާތު ފައިސާ ދެއްކިފަރާތުގެ ނަމާއި އެޑްރެސް އަދި ޒަކާތްދެއްކި މީހުންގެ ޢަދަދު، އަދި ޒަކާތް ދެއްކި ހަނޑުލުގެ ބާވަތް އެނގޭ ގޮތަށް 9710280 މި ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ޒަކާތުގެ ފައިސާ ވަކިވަކި ބޭފުޅުން ޖަމާކުރެއްވުމުގެ ބަދަލުގައި އެގެއެއްގައި ދިރިއުޅުއްވާ ބޭފުޅުންގެ ޒަކާތަށްވާ ފައިސާ، ކޮންމެވެސް އެއްބޭފުޅަކު ޖަމާކޮށްދެއްވުމަކީ މިއިދާރާގެ ވަރަށްބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މޭ 2020