ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެނިހެން ދަތުރުތައް ކުރުން ހުއްޓާލާފައިވާތީ، އެއަރޕޯޓް ޤާއިމުކުރެވިފައިވާ ރަށްރަށާއި މާލެއާ ދެމެދު ވައިގެ މަގުން ކޮންމެހެން ފޮނުވަންޖެހޭ އަސާސީ މުދަލާއި، ވަޝީލަތްތައް، މޯލްޑިވިއަން އެމަޖެންސީ ކާރގޯ ފްލައިޓްތައް މެދުވެރިކޮށް މާލެއިން ކުޅުދުއްފުށްޓަށް އަދި ކުޅުދުއްފުށިން މާލެއަށް ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެމަޖެންސީ ކާރގޯގެ ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ މިނިމަމް ކޯޓާ ކަމުގައިވާ 1.5 ޓަން ހަމަވާ ނަމައެވެ. ކާގޯ ޕްލައިޓް މެދުވެރިކޮށް ކުޅުދުއްފުށިން މުދާ ފޮނުވޭނީ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޑެޑް އިން ކަނޑައަޅާވައިވާ އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ދަންނަވަމެވެ.
ޑިމާންޑް އޮތްނަމަ މޯލްޑިވިއަންގެ އިމަޖެންސީ ކާރގޯގެ ފްލައިޓްތައް ކުޅުދުއްފުށްޓަށް ޝެޑިއުލް ކުރެވިފައިވަނީ ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހުކަމުގައި ދަންނަވަމެވެ.
އެއަރޕޯޓް |
ދުވަސް |
މާލެއިން ފުރާގަޑި |
ރަށުން ފުރާގަޑި |
އެންބުރި މާލެއާދެވޭ ގަޑި |
ކުޅުދުއްފުށި |
ބުރާސްފަތި |
09:00 |
10:55 |
11:50 |
ވީމާ މޯލްޑިވިއަންގެ އިމަޖެންސީ ކާގޯގެ ފްލައިޓް މެދުވެރިކޮށް މާލެއިން ކުޅުދުއްފުށްޓަށާއި، ކުޅުދުއްފުށިން މާލެއަށް މުދާ ފޮނުވަން ބޭނުންފުޅުވާ ފަރާތްތަކުން ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުގެ ނަންބަރ 6527173 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ. ފްލައިޓްތަކުން ކާގޯއަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ފަސްޓް ކަމް ފަސްޓް ސާރވް، ނުވަތަ ޚިދުމަތަށް އެދޭ ތަރުތީބުންނެވެ. މީގެތެރެއިންވެސް ފުރާނަ ސަލާމްތްކުރުމަށް ބޭނުންވާ ސާމާނާއި އަސާސީ ތަކެއްޗަށް އިސްކަން ދެވޭނެއެވެ. ޚާއްޞަކޮށް ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ފޮނުވަން ހަމަޖެހޭ ތަކެތި ޖާގަދިނުމުގައި އިސްކަން ދެވޭނެއެވެ. މުދާ ގެނައުމާއި ގެންދިއުމަށް ނަންނޯޓް ކުރެއްވި ނަމަވެސް ކަނޑައަޅާފައިވާ މިނިމަމް ކޯޓާ އަދި އެހެނިހެން ކޮންޑިޝަންތައް ފުރިހަމަނުވާ މުދާ ފޮނުވުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ.