ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރ (IUL)266/266/2020/45 (23 އޭޕްރީލް 2020) އިއުލާނުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ހަމަޖެހިފައި ވަނީ ރަމަޞާންމަހުގެ 03 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދެންނެވިފައި ވީނަމަވެސް މިހާރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. މި ބަދަލު ގެނެވިފައި މިވަނީ ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން މިއަރު ރަމަޟާންމަހު ރަސްމީކޮށް ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންތައް ހަމަޖެހިފައި ވަނީ އޮންލައިން ކޮށްކަމަށްވެފައި، ޒަކާތް ބެހުމަށް އިތުރު އިންތިޒާމް ހަމަޖައްސަން ޖެހޭތީ ކަމުގައި ދަންނަވަމެވެ.
ބޭންކް ޓްރާންސްފަރކޮށް ޒަކާތްދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 004 700294 7706 ނަންބަރ (ޚަރަދު އެކައުންޓް 2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7318831 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ހުދުހަނޑޫ، ބާސްމަތީ، އާޓާފުށް، ގޮދަންފުށް، ރަތްހަނޑޫ) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.
ކޮވިޑް 19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔަތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށްޓަކައި މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.
އާދައިގެ ހަނޑުލުން މީހަކަށް |
ތައިލެންޑް ހުދު ހަނޑުލުން މީހަކަށް |
ބާސްމަތީ ހަނޑުލުން |
އާޓާފުށުން މީހަކަށް |
ގޮދަންފުށުން މީހަކަށް |
ރަތް ހަނޑުލުން މީހަކަށް |
-/12ރ |
-/48ރ |
-/60ރ |
-/48ރ |
-/12ރ |
-/75ރ |