ދިވެހިރާއްޖެ
ހޮސްޕިޓަލަށް އައުޓްސޯސް ކޮށްގެން ހޮސްޕިޓަލްގެ ގޯތިތެރޭގައި ކެންޓީނެއް ހަދާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)MRH-PRO/2020/06 (03 މާރޗް 2020) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބްތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީއާއި ހުށަހަޅަންޖެހޭ ޑޮކިއުމަންޓްސް ހުށަހަޅާފައި ނުވާތީވެ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތުސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، 6720605 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.