ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CA305/305/2020/42
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލުއައިސްފައިވާނަމަ ޖޮބް ސެންޓަރއަށް ފޯމު ހުށަހެޅުމާއި ގުޅޭ

އިޢުލާން

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލުއައިސްފައިވާނަމަ ޖޮބް ސެންޓަރއަށް ފޯމު ހުށަހެޅުމާއި ގުޅޭ

ކޮވިޑު- 19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލެއްއައިސްފައިވާނަމަ ޖޮބް ސެންޓަރ މެދުވެރިކޮށް ރިޕޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި "ޓެމްޕްރަރީ އަންއެމްޕްލޯއިމެންޓް ބެނިފިޓި" ގެ ގޮތުގައި ސަރުކާރުން 5000.00 (ފަސްހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖައްސަވާފައެވެ. ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް، ޖޮބް ސެންޓަރުގައިވާ، މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. މިފޯމް ޖޮބްސެންޓަރގެ ވެބްސައިޓު: www.jobcenter.mv ގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  ން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިއިދާރާގެ ވެބްސައިޓް www.mci.gov.mv   ން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.  

ތަފާތު ސަބަބުތަކާއި ހެދި  ޖޮބް ސެންޓަރަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް ޖޮބް ސެންޓަރގައިވާ މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމް  މިކައުންސިލުން ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިޚިދުމަތް މިކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:

  • އާދިއްތަ، އަންގާރަ، ބުރާސްފަތި
  • ހެނދުނު 10:30 ން 12:30 ށް
  • ފޯނު ނަންބަރު: 4009834,9755438
  • ޖޮބް ސެންޓަރ: www.jobcenter.mv
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް: www.trade.gov.mv
  • މާކުރަތު ކައުންސިލްގެ އިދާރާ: www.mci.gov.mv

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ
  • ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ގެނެވިފައިވާ ބަދަލު ހާމަކޮށްދޭ ލިޔުމުގެ ކޮޕީ
  • ފާއިތުވި ތިން މަސްދުވަހު މުސާރަ ދިންކަން ހާމަކޮށްދޭ ލިޔުމެއް (ޕޭ ސްލިޕް) ގެ ކޮޕީ
  • ފާއިތުވި ތިންމަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ގެ އަސްލު

ވީމާ، ތަފާތު ސަބަބުތަކާއި ހުރެ ޖޮބް ސެންޓަރަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް ޖޮބް ސެންޓަރގައިވާ މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޯށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމް 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިކައުންސިލް އިދާރާއަށް ދުރުވެ ފޯމު ފުރުމުގެ ކަންތައް ކުރިޔަށް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

06 ރަމަޟާން 1441

29 އޭޕްރިލް 2020