ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމާއި ކުނިއަޅާތަން ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެގެން 19 އޭޕްރިލް 2020 ގައި ކުރެވުނު އިޢުލާން ނަމްބަރ: (IUL)322-EP/322/2020/43 ކުރަންޖެހޭ މަސައްކަތް ކުރިއަށްވުރެ މަދުވެފައި ވީނަމަވެސް މަސައްކަތުގެ އަގު ބޮޑުކަމަށް ފެންނާތީ އެޢިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 06 މޭ 2020 ވާ ބުދަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2020 ވާ އާދީއްތަ ދުވަހުގެ 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، އާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އެހެންކަމުން ވިޔަފާރި ރަޖިސްޓްރީ ނެތްކަމުގައި ވީނަމަވެސް މިއެސްޓިމޭޓްގައި ބައިވެރިވެވޭނެއެވެ.
06 ރަމަޟާން 1441
29 އޭޕްރިލް 2020