ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2020/ 19
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 18 މޭ 2020 00:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން

 

އިޢުލާން

 

1441 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން

 

04 ރަމަޟާން 1441 ( 27 އޭޕްރީލް 2020 ) ހޯމަ  ދުވަހުންފެށިގެން 25 ރަމަޟާން 1441 ( 18 މެއި 2020 ) ވާ ހޯމަ ދުވަހުގެނިޔަލަށް ކޮންމެ ދުވަހަކު އޮންލައިކޮށް ކުނަހަންދޫ ކައުންސިލްގެ ރެވެނިއު 2ނަމްބަރ އެކައުންޓަށް ޖަމާކޮށްގެން ފިޠުރުޒަކާތް ބަލައިގަންނަ ގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް ބަލައިގަންނަން ޖެހުނީ އިސްލާމިކު މިނިސްޓްރީގެ ނަމްބަރ 142-C2/CIR/2020/32 (23 އޭޕްރީލް 2020)ގެ ސާކިއުލަރ އިން އޮންލައިންކޮށް ބަލައިގަތުމަށް އަންގާފައިވާތީ އެވެ.

ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތްނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކަށް ބަލައިގެންނެވެ. ރަސްމީ ގޮތެއްގާ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ މިންވަރަށް ޖެހޭ ފައިސާ އޮންލައިންކޮށް ކައުންސިލްގެ ރެވެނިއު 2 އެކައުންޓު ނަމްބަރަށް ފައިސާ ޖަމާކޮއްގެންނެވެ. ފައިސާ ޖަމާކުރާ ސުލިޕްގައި ފައިސާ ދެއްކި މީހުންގެ އަދަދާއި ނަން ލިސްޓް އަދި ފައިސާގެ ރޭޓް އިގޭގޮތަށް ތަފްސީލް ލިޔުންވަން ވާނެއެވެ.

 

1441ފިތުރު ޒަކާތް ނަގާބާވަތްތަކުގެ ފައިސާގެ އަދަދު

ތަފްސީލް

ފައިސާގެ އަދަދު

އާދައިގެ ހަނޑުލުން ދައްކަން ޖެހޭނީ

11.52ރ

ބާސްމަތީ ހަނޑުލުން ދައްކަން ޖެހޭނީ

84.00 ރ

އާދައިގެ ފުށުން ދައްކަން ޖެހޭނީ

9.12 ރ

އާޓާ ފުށުން ދައްކަން ޖެހޭނީ

48.00 ރ

 

ފައިސާ ޖަމާކުރާނެ އެކައުންޓް ނަމްބަރ އަދި ސުލިޕް ފޮނުވާނެ ވައިބާރ ނަމްބަރ

އެކައުންޓް ނަމްބަރ : 7707-700380-002   ރެވެނިއު 2 ކުނަހަންދޫ ކައުންސިލް (ފައިސާދެއްކި މީހުންގެ ނަން ލިސްޓް ސުލިޕްގެ ރިމާކުސްގައި ލިޔަން ވާނެއެވެ.)

ވައިބަރ ނަމްބަރ :    9637159

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

04  ރަމަޟާން  1440

27  އޭޕްރީލް 2020

27 އޭޕްރިލް 2020