ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2020/18
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 07 މޭ 2020 14:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސަބްޖެކްޓް-މެޓަރ އެކްސްޕަރޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް އިންތިޒާމުކުރާ ބާ އިމްތިޙާނުގެ ސަބްޖެކްޓް-މެޓަރ އެކްސްޕަރޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ތަޖުރިބާކާރު ޤާނޫނީ ވަކީލުން ހޯދުމަށް ބާ ކައުންސިލުން ބޭނުންވެއެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ސަބްޖެކްޓް-މެޓަރ އެކްސްޕަރޓް

 

ސަބްޖެކްޓް-މެޓަރ އެކްސްޕަރޓުން

ބޭނުންވާ ދާއިރާތައް:

  • ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ
  • ކޮންޓްރެކްޓް ލޯ
  • ކްރިމިނަލް ލޯ
  • ޓޯޓް ލޯ
  • ލޭންޑް / ޕްރޮޕަރޓީ ލޯ
  • މޯލްޑިވިއަން ލީގަލް ސިސްޓަމް

 

ނޯޓް: ސަބްޖެކްޓް-މެޓަރ އެކްސްޕަރޓަކަށްވުމަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީ-މެއިލުގައި ސަބްޖެކްޓް-މެޓަރ އެކްސްޕަރޓެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ބޭނުންވާ ދާއިރާ/ ދާއިރާތައް ބަޔާންކުރަންވާނެއެވެ.

 

އަސާސީ ޝަރުޠުތައް:

 

 

 

 

 

 

 

 

 

  • ޤާނޫނީ ދާއިރާގެ ފުރަތަމަ ޑިގުރީ ޙާޞިލުކޮށްފައިވާ މީހަކުކަމުގައިވުން؛ (ޤާނޫނީ ދާއިރާއިން އިތުރު ޕޮސްޓް-ގްރެޖުއޭޓް ޑިގުރީއެއް ނުވަތަ ސެޓްފިކެޓުތަކެއް ޙާޞިލުކޮށްފައި ހުރުމަކީ އެދެވިގެންވާކަމެކެވެ.)
  • ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް މީހަކުކަމުގައިވުން؛ އަދި
  • ސަބްޖެކްޓް-މެޓަރ އެކްސްޕަރޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގައި ކިޔަވައިދިނުމުގެ ނުވަތަ ޕްރެކްޓިސްކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ، އަދި މިހާރު ވެސް މި ދާއިރާގައި ޚިދުމަތްކުރަމުންދާ މީހަކުކަމުގައިވުން؛ އަދި
  • ދިވެހި އަދި އިންގިރޭސި ބަހުން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތުތައް:

ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އެމެރިކާގެ ނެޝަނަލް ކޮންފަރަންސް އޮފް ބާ އެގްޒެމިނަރސްގެ އިރުޝާދުގެ ދަށުން އަންނަނިވި ކަންކަން ކުރުން:

  • ބާ އިމްތިޙާނުގެ ސަބްޖެކްޓް އޭރިއާތަކުގެ ކޮންޓެންޓާއި މުޤައްރަރު ހެދުން؛
  • ބާ އިމްތިޙާނުގެ ފޯމެޓު އެކުލަވައިލުން؛
  • ބާ އިމްތިޙާނުގެ ސުވާލު ކަރުދާސް ތައްޔާރުކުރުން؛ އަދި
  • ބާ އިމްތިޙާނު ފަރުމާކޮށް މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން.

މަސައްކަތަށް ހޭދަވާނެ ވަގުތު:

 

މި މަސައްކަތަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ މަސައްކަތެކެވެ. އެހެންކަމުން، މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކަކީ އިމްތިޙާނާ ބެހޭ މަތީގައިވާ ކަންކަން ފުރިހަމަކުރުމަށް ވަގުތު ދެއްވޭނޭ ފަރާތްތަކަށް ވާންވާނެއެވެ.

 

އުޖޫރަ:

 

ސަބްޖެކްޓް-މެޓަރ އެކްސްޕަރޓުންގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސަބްޖެކްޓް-މެޓަރ އެކްސްޕަރޓަކަށްވުމަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ/ އީ-މެއިލް؛ (ސިޓީ ނުވަތަ އީ-މެއިލުގައި ސަބްޖެކްޓް-މެޓަރ އެކްސްޕަރޓެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ބޭނުންވާ ދާއިރާ/ ދާއިރާތައް ހިމަނަންވާނެއެވެ).
  2. ވަނަވަރު؛ (ދާއިރާގެ ތަޖުރިބާގެ އެންމެހާ ތަފުޞީލުތައް ވަނަވަރުގައި ހިމެނިފައި ހުންނަންވާނެއެވެ.)
  3. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދައިގެ ކޮޕީ؛
  4. ޤާނޫނީ ދާއިރާއިން ލިބިފައިވާ ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ދައްކުވައިދޭ  ސެޓްފިކެޓުތަކާއި އެހެނިހެން ލިޔެކިޔުން؛
  5. ފުރިހަމަކޮށްފައިވާ އެންމެ ފަހުގެ އިނގިރޭސި އަދި ދިވެހި ބަހުގެ އިމްތިޙާނު (އޯ-ލެވެލް، އޭ-ލެވެލް، އައި.އީ.އެލް.ޓީ.އެސް، އަދި މިފަދަ އެހެނިހެން އިމްތިޙާނުތައް) ތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ؛ އަދި
  6. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.

 

މަތީގައިވާ ލިޔެކިޔުންތައް ފޮނުއްވާނީ ބާ ކައުންސިލުގެ  [email protected] އީ-މެއިލްއަށެވެ.

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ވެސް މި އީ-މެއިލް އެޑްރެސް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

 

ސުންގަޑި:

 

07 މެއި 2020 ގެ 14:00

ޚާއްސަ ކަންކަން:

މި މަޤާމަށް އެކަށީގެންވާ ތަޖުރިބާކާރު ފަރާތްތައް ހޯދުމަށްޓަކައި އިޢުލާނުކޮށްގެން މީހުން ހޯދުމުގެ އިތުރުން ހެޑް-ހަންޓްކޮށްގެން ވެސް މީހުން ހޯދޭނެއެވެ.

27 އޭޕްރިލް 2020