ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2020/26
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 20 މޭ 2020 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ދިވެހިރާއްޖޭގައިވެސް ހަލުއިކަމާއެކު ފެތުރެމުންދިއުމާއި ގުޅިގެން މި ބަލިން ރައްކަތެރިވުމުގެ ގޮތުން، މި އަހަރުގެ (1441 ވަނަ އަހަރުގެ) ފިޠުރު ޒަކާތް ރަސްމީކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޞާން 1441 (27 އޭޕްރީލް 2020) އިން  27 ރަމަޟާން 1441 (20 މެއި 2020) ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންލައިންކޮށް، (ބޭންކް ޓްރާންސްފަރ މެދުވެރިކޮށް) އދ. ހަންޏާމީދޫ ކައުންސިލްގެ ނަމުގައި ބޭންކޮ އޮފް މޯލްޑިވްސްގެ ނަމުގައި ހުޅުވާފައިވާ ތިރީގައި އެވާ އެކައުންޓަށް ޓްރާންސްފާކޮށްގެންނެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ ފައިސާ އެވެ.   

މިއަހަރު (1441 ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ޢަދަދާއި ފައިސާ ޓްރާންސްފާ ކުރާނެ ގޮތް ތިރީގައި އެވަނީ އެވެ.

 

ބާވަތް

ރޭޓް

ޓްރާންސްފާ ސްލިޕްގައި ރިމާކްސްގެ ގޮތުގައި ބޭނުންކުރާނެ ކޯޑް

އާދައިގެ ހަނޑޫ

12.00

  AH

ތައިލެންޑް ހުދު ހަނޑޫ

46.00

TH

ބާސްމަތީ އާދައިގެ ހަނޑޫ

53.00

BAH

ބާސްމަތީ މޮޅު ހަނޑޫ

60.00

BMH

ބާސްމަތީ އެންމެ މޮޅު ހަނޑޫ

70.00

BAH

ރަތް ހަނޑޫ

55.00

RH

އާދައިގެ ފުއް

10.00

AF

އާޓާ ފުއް

48.00

AT

 

ފައިސާ ޓްރާންސްފާ ކުރައްވާއިރު، ޓްރާންސްފާ ސްލިޕްގެ ރިމާކްސްގައި ފައިސާ ދެއްކި ފަރާތް، ގޭބިސީގެ ނަން، ފައިސާ ދެއްކި ބާވަތް، އަދި ފައިސާ ދައްކާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު ތިރީގައިއެވާ ނަންބަރަށް ސްލިޕް ވައިބަރ ކުރުމަށް ދަންނަވަމެވެ. ސްލިޕް ވައިބަރ ކުރުމުން، ވައިބަރކުރި ނަންބަރަށް ފައިސާ ބަލައިގެން ކަމުގެ ލިޔުން ވައިބަރ ކުރެވޭނެއެވެ.

  • ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރު:  7722700350004 (1392- ޚަރަދު 4)
  • ސްލިޕް ވައިބަރ ކުރަންޖެހޭ ނަންބަރު:  9996632

ނޯޓް:

  • އެއްބާވަތުން ފައިސާ ދައްކާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން 12.00 ރުފިޔާގެ މަގުން 01 މީހަކަށް ފައިސާ ދައްކާނަމަ) ޓްރާންސްފާ ސްލިޕްގެ ރިމާކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި، ފައިސާ ދެއްކި ގޭބިސީގެ ނަން ލިޔުމަށްފަހު AH01 މިގޮތަށް ލިޔަންވާނެއެވެ.
  • އެއްބާވަތަށް ވުރެ ގިނަބާވަތުން ފައިސާ ދައްކާނަމަ (މިސާލަކަށް އާދައިގެ ހަނޑުލުން ދެމީހުންނަށް 24.00 ރުފިޔާ އާއި ތައިލެންޑު ހުދު ހަނޑުލުން އެކަކަށް 46.00 ގެ މަގުން ދައްކާނަމަ) ޓްރާސްފާ ސްލިޕްގެ ރިމާކްސްގެ ގޮތުގައި ފައިސާ ދެއްކި ފަރާތުގެ ނަމާއި، ގޭބިސީގެ ނަންލިޔުމަށްފަހު، TH01, AH02  މިގޮތަށް ލިޔަންވާނެއެވެ.

ފައިސާ ދެއްކުމާބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި އެވާ ނަންބަރަށް ގުޅުމަށް ދަންނަވަމެވެ.

7415310 އާމިރު އާދަމް

9846689 ޖަމްޝާދު މަޙްމޫދު

26 އޭޕްރިލް 2019