ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2020/9
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 30 މޭ 2020 12:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށްޓަކައި ހިލޭ ގޭބިސީ ދަނޑުބިން ދޫކުރުން

ދަނޑވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޭބިސީ ދަނޑުބިމަށް އެދުމުގެ ފުރުސަތު މިއިދާރާގެ ނަންބަރު: (IUL)301/301/2020/7 (17-04-2020) ގައި ހުޅުވާލުމަށްފަހު، 3 ވަނަ ފަހަރަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.  ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްޓަކައި  ދަނޑުވެރިކަން ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކަށް ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 01 (އެކެއް) ދަނޑުބިން ދޫކުރުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.  ދޫކުރާނެ ދަނޑުބިމުގެ ބޮޑުމިން ކަނޑައަޅާނީ ދަނޑުބިމަށް އެދުމުގެ މުއްދަތުގެ ތެރޭގައި ދަނޑުބިމަށް އެދޭ ފަރާތްތަކުގެ އަދަދަށް ބަލާފައެވެ.

 ދަނޑުބިމަށް އެދި ހުށަހަޅުއްވާނީ "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" އިންނެވެ. ދަނޑު ބިމަށް އެދުމުގެ މުއްދަތަކީ 26 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން 30 މޭ 2020 ވަނަ ދުވަހުގެ 12:00 އަށެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން އޮންނާނީ ދެންނެވުނު މުއްދަތުގައި ކޮންމެ ދުވަހެއްގެ 10:00 އިން ފެށިގެން 12:00 ގެ ނިޔަލަށެވެ. މިކަމާބެހޭ ގޮތުން ގުޅުއްވާނީ ކައުންސިލްގެ މެންބަރ މުޙައްމަދު ޝާހީން 7775791 ނުވަތަ އ.ޕްލޭނިންގ އޮފިސަރ ޔޫސުފް ރަޝީދު 7703280 އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްޓަކައި މިހާރު ދޫކޮށްފައިވާ ގޭބިސީ ދަނޑު ބިމުންނާއި މިބުރު މިދޫކުރާ ގޭބިސީ ދަނޑުބިންތަކުން ކުލި ނުނަގާގޮތަށް މިއިދާރާއިންވަނީ ނިންމާފައެވެ. އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ގޭބިސީ ދަނޑުބިމުގައި ދަނޑުވެރިކަން ނުކުރާކަމަށް މިއިދާރާއަށް ފާހަގަ ކުރެވިއްޖެނަމަ އެދަނޑުބިމެއް ބާޠިލް ކުރެވޭނެއެވެ. މިގޮތުން ދަނޑުބިމުގައި މަސައްކަތެއް ނުކުރާތާ 01 (އެކެއް) މަސްދުވަސް ވެއްޖެނަމަ ދަނޑުވެރިކަން ނުކުރާކަމަށް ބެލެވޭނެއެވެ.

އިތުރު މަޢްލޫމާތު:

  • ދަނޑުބިން ދޫކުރެވޭނީ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް.
  • ދަނޑުބިން ދޫކުރެވޭނީ މި އިދާރާއިން ފޯމްތައް ޗެކް ކުރުމަށްފަހު ޝަރުތު ހަމަވާ ގޭބިސީ ތަކަށެވެ. ދަނޑުބިމަށް އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ތަކެތި:
  1. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ރަށްވެހީންގެ ރަޖިސްޓްރީގެ ކޮޕީ.
  2. ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާރޑްގެ ކޮޕީ.
  3. ކައުންސިލުން ދޫކުރާ ދަނޑުބިމަށް އެދޭ ފޯމް
26 އޭޕްރިލް 2020