ދިވެހިރާއްޖެ
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރަމަޟާންމަހު މިއިދާރާއިން ފިތުރު ޒަކާތް ބަލައިގަތުމަށް
ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައި މި އޮތް ހާލަތުން މި ރަމަޟާންމަހުގެ ތެރޭގައި އަރައިގަނެވި އާއްމު ހާލަތަކަށް އަތުވެއްޖެނަމަ އެހެން ރަމަޟާން މަސްތަކުގައި ފިތުރު ޒަކާތް ދައްކާފައިދައިން ކައުންސިލް އިދާރާއަށް ދުރުވެ ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 4 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި ޢާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ( ގޮވާމުގެ ) ބާވަތްތަކަށް ބަލައިގެނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއެވެ.
ބޭންކް ޓްރާންސްފަރކޮށް ޒަކާތް ދައްކަވާ ފަރާތްތަކުން ކައުންސިލު އިދާރާގެ އެކައުންޓް ނަންބަރ
004 700422 7706 ( ޙަރަދު އެކައުންޓް 2 )އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 9641516 ފޯން ނަންބަރަށް ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް ( ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ އަދަދު އަދި ބާވަތް ( އާދައިގެ ހަނޑޫ، ހުދު ހަނޑޫ، ބާސްމަތީ ހަނޑޫ، އާޓާ ފުށް، ގޮދަން ފުށް، ރަތްހަނޑޫ) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ. ފައިސާ ޖަމާކުރުމަށްފަހު ސްލިޕް ވައިބަރ ކުރެއްވުމުން ފައިސާލިބުނު ކަމުގެ ރަސީދު ވައިބަރ ކުރެވޭނެއެވެ.
ރަތް ހަނޑުލުން މީހަކަށް |
ގޮދަންފުށުން މީހަކަށް |
އާޓާފުށުން މީހަކަށް |
ބާސްމަތީ ހަނޑުލުން މީހަކަށް |
ހުދު ހަނޑުލުން މީހަކަށް |
އާދައިގެ ހަނޑުލުން މީހަކަށް |
-/75ރ |
-/12ރ |
-/48ރ |
-/60ރ |
-/48ރ |
-/12ރ |
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.