ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2020/25
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 22:38
ސުންގަޑި: 22 މޭ 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުމާގުޅޭ

އިޢުލާން

ފިޠުރުޒަކާތް ބަލައިގަތުމާގުޅޭ

 

   1441 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާސްފަރ މެދުވެރިކޮށެވެ.

ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައި މިއޮތް ޙާލަތު ރަމަޟާން މަހުގެ ތެރޭގައި ރަނގަޅުވެ ޢާއްމު ޙާލަތަކަށް ޤައުމު އަތުވެއްޖެނަމަ ، އެހެން އަހަރު ތަކެކޭ އެއްގޮތަށް ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ވާހަކަ ދަންނަވަމެވެ.

އޮންލައިން ޓްރާސްފަރ މެދުވެރިކޮން ޒަކާތް ދައްކަވާއިރު ސަމާލުކަން ދޭންވީ ކަންކަން:

  • އޮންލައިން ޓްރާސްފަރ މެދުވެރިކޮން ޒަކާތް ދެއްކުވުމަށް ފައިސާ ޓްރާސްފަރ ކުރާނީ މިއިދާރާގެ ނަންބަރު   004-700396-7717  ( 1339 ޚަރަދު 2 )  އެކައުންޓަށެވެ.
  • ޓްރާސްފަރ ކުރި ފައިސާގެ ސިލިޕް އަދި ޓްރާސްފަރ ކުރި ފައިސާ އެއީ ކޮން ގޭބިސީއަކުން ، ކިތައް މީހުނަން ، ކޮން ރޭޓަކުން ދައްކާފައިވާ ޒަކާތު ފައިސާ އެއްކަން އެގޭނެ ގޮތަށް ލިޔެ  9184511 ނަންބަރަށް ވައިބަރ ކުރުން.

1441 ވަނައަހަރުގެ ފިޠުރު ޒަކާތްގެ ގޮމާމުގެ އަގު

#

ބާވަތް

ފައިސާގެ އަދަދު މީހަކަށް

1

އާދައިގެ ފުއް

10.00 ރުފިޔާ

2

އާޓާ ފުއް

 60.00 ރުފިޔާ

3

އާދައިގެ ހަނޑޫ

13.00 ރުފިޔާ

4

ތައިލެންޑް ހުދު ހަނޑު

 50.00 ރުފިޔާ

5

ރަތް ހަނޑޫ

65.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ

105.00 ރުފިޔާ

 

              ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                  25  އޭޕްރީލް  2020

25 އޭޕްރިލް 2020