ދިވެހިރާއްޖެ
1441ވަނަ އަހަރުގެފިޠުރު ޒަކާތް ބަލައިގަތުމާބެހޭ:
މިއަހަރު ރަމަޟާން މަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1441 (25 އެޕްރީލް 2020) އިން ފެށިގެން 27 ރަމަޟާން 1441 (20 މޭ 2020)ވާ ބުދަ ދުވަހުގެ 16:00ގެ ނިޔަލަށެވެ.
ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތްނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު (ގޮވާމުގެ) ބާވަތްތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ މިންވަރަށްވާ ފައިސާއިންނެވެ.
ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން މިއިދާރާއިން މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފައިސާ އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ސްލިޕް ވައިބަރ ކުރައްވާއިރު ( ޒަކާތް ދެއްކި ގޭގެނަން، މީހުންގެ ޢަދަދު، ދެއްކި ބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭގޮތަށް ތަފްޞީލު ލިޔުއްވަން ވާނެއެވެ.
އެކައުންޓް ނަންބަރު: 004 700471 7712 (ގއ. މާމެންދޫ ކައުންސިލްގެ އިދާރާ)
ވައިބަރ ނަންބަރު: 7444051
ބާވަތް |
ރޭޓް (ބޮލަކަށް ދައްކަންޖެހޭ މިންވަރު) |
އާދައިގެ ހަނޑޫ |
11.52 (އެގާރަ ރުފިޔާ ފަންސާސް ދެލާރި) |
ބާސްމަތީ (އާދައިގެ) ހަނޑޫ |
72 (ހަތްދިހަ ދެ ރުފިޔާ) |
ބާސްމަތީ (މޮޅު) ހަނޑޫ |
91.20 ( ނުވަދިހަ އެއް ރުފިޔާ ވިހި ލާރި) |
ތައިލެންޑު ހުދުހަނޑޫ |
57.60 (ފަންސާސް ހަތް ރުފިޔާ ފަސްދޮޅަސް ލާރި) |
ރަތް ހަނޑޫ |
84 (އަށްޑިހަ ހަތަރު ރުފިޔާ) |
އާދައިގެ ފުށް |
9.12 (ނުވަ ރުފިޔާ ބާރަ ލާރި) |
އާޓާ ފުށް |
72 (ހަތްދިހަ ދެރުފިޔާ) |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.