ދިވެހިރާއްޖެ
1441ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން.
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ދެއްކުމަށްޓަކައި ތިރީގައި މިދަންނަވާ މިކައުންސިލްގެ މުވައްޒަފުންނަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްމަށް ފަހު 28 ރަމަޟާން 1441 (21 މެއި 2020)ވަނަ ދުވަހުގެ ކުރިން ތިރީގައި މިދަންނަވާ މިކައުންސިލްގެ އެކައުންޓަށް ފިޠުރު ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރައްވާ ސްލިޕް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- 9960463 ޢަބްދުﷲ މަދީޙް (ސ.އެޑްމިނިސްޓްރޭޓިވް އޮފިސަރ)
- 7773649 މުޖުތަބާ މޫސާ (އ.މުނިސިޕަލް ސަރވިސް އޮފިސަރ)
- 9107177 ޢަބްދުﷲ މުޙައްމަދު (އ.ފައިނޭންސް އޮފިސަރ)
ފައިސާ ޓްރާންސްފަރ ކުރައްވާނީ:
އެކައުންޓް ނަންބަރު: 004-700333-7705
އެކައުންޓް ނަން: 1371 ޚަރަދު 2
ވައިބަރ ނަންބަރު: 9960463 ނުވަތަ 9107177 ނުވަތަ 7492846
ރިމާރކްސް: ސްލިޕްގެ ރިމާރކްސްގައި ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ ޢަދަދާއި ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށް ފަހު ފޮނުއްވާ ދެއްވުން އެދެމެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެމީހަކު އަހަރު ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ބާވަތުން (ގޮވާމުން) 2.4 ކިލޯގެ މިންވަރަށްވާ އަގެވެ.
ބާވަތް |
އަގު |
އާދައިގެ ހަނޑުލުންނަމަ މީހަކަށް |
12.00(ބާރަ) ރުފިޔާ |
ތައިލެންޑްގެ ހުދު ހަނޑުލުންނަމަ މީހަކަށް |
44.00(ސާޅީސްހަތަރު) ރުފިޔާ |
ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް |
60.00(ފަސްދޮޅަސް) ރުފިޔާ |
ބާސްމަތީ މޮޅުހަނޑުލުންނަމަ މީހަކަށް |
80.00(އަށްޑިހަ) ރުފިޔާ |
ރަތްހަނޑުލުންނަމަ މީހަކަށް |
68.00(ފަސްދޮޅަސްއަށް) ރުފިޔާ |
އާދައިގެ ފުށުންނަމަ މީހަކަށް |
10.00(ދިހަ) ރުފިޔާ |
އާޓާ ފުށުންނަމަ މީހަކަށް |
53.00(ފަންސާސްތިން) ރުފިޔާ |