ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2020/153
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 20 މޭ 2020 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އިޢުލާން

            މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1441(25 އެޕްރީލް 2020) ހޮނިހިރު ދުވަހުންފެށިގެން 27 ރަމަޟާން 1441 (20 މެއި 2020) ވާ ބުދަ ދުވަހުގެ  މެންދުރު 12:00 ގެ ނިއަލަށް އޮންލައިންކޮށް ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) އެ އަވަށެއްގައި 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ އަގެވެ.

އައްޑޫސިޓީގެ އަވަށްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

އާދައިގެ ހަނޑުލުންނަމަ މީހަކަށް   -/12ރ  (ބާރަ ރުފިޔާ )

ތައިލެންޑްގެ ހުދު ހަނޑުލުންނަމަ މީހަކަށް -/31ރ  (ތިރީސް އެއް ރުފިޔާ )

ބާސްމަތީ މުޅުހަނޑުލުންނަމަ މީހަކަށް -/55ރ  (ފަންސާސް ފަސް ރުފިޔާ)

ރަތްހަނޑުލުންނަމަ މީހަކަށް -/62ރ  (ފަސްދޮޅަސް ދެ ރުފިޔާ)

އާދައިގެ ފުށް މީހަކަށް 9/- ރުފިޔާ (ނުވަ ރުފިޔާ)

 

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓް ނަންބަރ: 7708700341004

އެކައުންޓް ނަން: 1277-Kharadhu 2

 

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި/ޓްރާންސްފަރކުރި ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

#

އަވަށް

ވައިބަރ ނަންބަރ

1

ހިތަދޫ އަވަށް

9494495

2

މަރަދޫ އަވަށް

7900621

3

މަރަދޫ ފޭދޫ އަވަށް

7651634

4

ފޭދޫ އަވަށް

7902809

5

ހުޅޫދޫ އަވަށް

7938600

6

މީދޫ އަވަށް

7842725

 

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޝަޢުބާން  1441

23 އޭޕްރިލް 2020