ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/19
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 11:27
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ޢަމަލު ކުރާނެގޮތް
ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެންފަށާ މިސަރަޙައްދުންވެސް މި ނުރައްކާތެރި ބައްޔަށް ބަޔަކު ޕޮޒިޓިވް ވެ ބިރުވެރި ޙާލަތަށް ގޮސްފައިވާތީ، އެކަމުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އަޅަމުން ގެންދާ މިދަނޑިވަޅުގައި ހުރިހާ ފަރާތެއްގެ އެއްބާރު ލުމާއި އެހީތެރިކަން ބޭނުންވި ހިނދު މިދަންނަވާ ފިޔަވަޅުތައް 21 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން އަޅަމުން ގެންދިއުމަށް ހަނިމާދޫ ކޮވިޑް – 19 ޓާސްކްފޯސް އާއި ކަމާ ގުޅުންހުރި ހުރިހާ ފަރާތް ތަކަކުން ހަނިމާދޫ ކައުންސިލަށް ލަފާ ދީފައިވާތީ، އެކަންކަން އެގޮތަށް ތަންފީޒް ކުރާގޮތަށް ހަމަޖައްސައިފީމެވެ.
- ރަށުން ބޭރުން ރަށަން ގެނެވޭ ހުރިހާ މުދަލެއް އުޅަނދަން މުދާ އެރުވި ބަނދަރުން އުޅަނދު ފުރިތާ 24 ގަޑި އިރު ހަމަވުމުގެ ކުރިން ރަށަން މުދާ ނުބާލައި އުޅަނދުގައި ބެހެއްޓުން، ނުވަތަ ހުރިހާ މުދަލެއް ސަޕޯޓު ޑެސްކުން ކަނޑައަޅާ ނުވަތަ އަންގާ ތަރުތީބުން ބަނދަރުގައި ބެހެއްޓުމަށްފަހު އެމުދަލުން ވައިރަސްގެ އަސަރު ކަނޑުވާ ލުމަށްޓަކައި HPA އިން ކަނޑައަޅާފައިވާ މިންގަޑަށް ފެނުގެ ތެރެއަށް ބްލީޗް އެޅުމަށްފަހު ހުރިހާ މުދަލަކަށް ސްޕްރޭ ކުރެވޭނެއެވެ.
- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި މިވަގުތު ކަރަންޓީނުގައި ހުރި ރައްރަށުންނާއި، ކަރަންޓީނު ކުރެވޭ ރައްރަށުންނާއި ތަންތަނުން އެއްވެސް މީހަކު ރަށަންނޭރުން މި އެއްވެސް ސަރަޙައްދަކުން ރަށަން އަރަން އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ އެފަރާތަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ސަލާމަތީ ބާރުތައް މެދުވެރޮކޮށް އެޅުން. އަދި މިތަންތަނުންކުރެ އެއްވެސްތާކުން މީހަކު ޤަވާއިދާ ޚިލާފަށް މިރަށަށް ގެންނަ އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި އުޅަނދުގެ ވެރިފަރާތާއިމެދު ޤާނޫނީ ފިޔަވަޅުއަޅާ އަދި އެފަދަ އުޅަނދުތައް ރަށަންވަނުން، ކަނޑައަޅާ މުއްދަތަކަށް ހަނިމާދޫ ބަނދަރަށް ނުވަދެވޭ ގޮތަށް އުޅަނދު ސަސްޕެންޑް ކުރުން.
- ރޭގަނޑުގެ 11.00 އިން ފެށިގެން ފަތިހު 05.00 އާއި ހަމައަށް އެއްވެސް މީހަކު ގެއިން ބޭރުގައި ނޫޅުން، މިވަގުތު ތަކުގައި ގެއިން ބޭރުގައި އުޅެވޭނީ ހަމައެކަނި ސަލާމަތީ ބާރުތަކާއި، ޞިއްޙީ އެހީތެރިންނާއި، ކައުންސިލުން ހުއްދަ ދެވިފައިވާ މީހުންނަށެވެ. އަދި މިވަގުތު ތަކުގައި ޒަރޫރީކަމެއް ދިމާވެގެން ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެކަމެއް ޓާސްކްފޯސްގެ ހޮޓްލައިން 7602603، ނުވަތަ ޞިއްޙީމަރުކަޒްގެ 6520083، ނުވަތަ ހަނިމާދޫ ޕޮލިސް 9790077، ނުވަތަ ސޯސަލް ޑެސްކް 7743397، ނުވަތަ ކައުންސިލްގެ ރައީސް 9658057 އާއި ގުޅުއްވާ މަޢުލޫމާތު ދިނުމަށްފަހު ހުއްދަ ލިބިގެން ނުކުތުން އިސްތިސްނާވާނެއެވެ.
- ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނޭ ސަރަޙައްދަން އެއްވެސް ފަރާތަކުން ނުދިއުމަށް އެ އެއަރޕޯޓުން އިޢުލާން ކޮށްފައި ވާތީއާއި، އަދި މިފަދަ ސިނާއި ތަންތަނުން ބަލި ފެތުރުމުގެ ފުރުޞަތު ވަރަށްބޮޑަށް އޮންނާތީ އެސަރަޙައްދަން ނުދިއުން. މިސަރަޙައްދަން އެއްވެސް ފަރާތަކުން ދާންވާނީ ޑިއުޓީ މުވައްޒަފުން ފިޔަވައި ހަމައެކަނި ATM ގެ ބޭނުމަށް އެ މެޝިންއާއި ހަމަޔަށް އެކަންޏެވެ.
މަތީގައިވާ ގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އަންގާ އިޢުލާން ކުރީމެވެ.
21 އޭޕްރިލް 2020