މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2020/43
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 22 އޭޕްރިލް 2020 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލޮކްޑައުން ޙާލަތުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ރޯދަމަހުގެ ކެއުން ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މެނޫ އާއި އެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/43

 

 

އިޢުލާން

ލޮކްޑައުން ޙާލަތުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ރޯދަމަހުގެ ކެއުން ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް މެނޫ އާއި އެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ ކަންތައް (ކޯޓޭޝަން ހުށަހަޅަން ބޭނުންވާ މަޢުލޫމާތު):

  1. ކެއުމުގެ ގޮތުގައި ސަޕްލައިކޮށްދޭން ޖެހޭނީ ރޯދަވިއްލުން، ތަރާވީސް ދަން އަދި ހާރުދަމުގެ ކެއުމެވެ.
  2. ދުވާލަކަށް ބޮލަކަށް ގިނަވެގެން 200ރ.
  3. ދުވާލަކު ސަޕްލައިކުރަންޖެހޭ ޢަދަދު 66 މީހުންގެ ކެއުން
  4. ސަޕްލައިކުރާ ކާތެކެތި ހުންނަންވާނި ވަކިން ޕެކްކުރެވިފަ
  5. ޑެލިވަރީ ކުރަންޖެހޭނީ ޚިދުމަތްދޭ ފަރާތުގެ އަމިއްލަ ޚަރަދުގައި އަދި 2 ޢިމާރާތަށް ވަކިން (2 ޢިމަރާތަކީ؛ ޓީވީ ބިލްޑިންގް / ބުރުޒުމަގު އަދި ރޭޑިއޯ ބިލްޑިންގ / އަމީނީ މަގު). ކޮންމެ ބިލްޑިންގ އަކަށް ސަޕްލައިކުރަންޖެހޭ އަދަދު ވަކިން ސަޕްލައިކުރަންޖެހޭ ގަޑީގެ 5 ގަޑިއިރު ކުރިން ޙިއްޞާ ކުރެވޭނެ.

ކާ ތަކެތި ތައްޔާރު ކުރުމާއި، ޕެކް ކުރުމާއި ޑެލިވަރީ ކުރުމުގައި ސިއްޙީ ސަލާމަތްތެރިކަމަށް (ފުޑް ހައިޖީން ކަން) ޔަޤީންކޮށްދިނުން:

މިއީ ދުނިޔައަށް އައިސްގެން އުޅޭ ކޮވިޑް 19 ގެ ބިރުވެރިކަން މާލެއަށް ދިމާވެގެން އުޅޭ ދުވަސްވަރެއްކަމުން ކާތަކެތި ތައްޔަރުކުރުމާއި، ޕްކްކުރުމާއި ޑެލިވަރީ ކުރުމުގައި ތައްޔާރުކުރާ ފުޑްގެ ސާފުތާހިރުކަމަށް(ހައިޖީންކަމަށް) ޚައްޞަ ސަމަލުކަމެއް ދޭންޖެހޭނެއެވެ. އަދި ކަމެއް ދިމާވެގެން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި އެކަން ބެލޭނޮގޮތް ހަދައިދޭންވާނެއެވެ. މިގޮތުން

  1. ކޮންމެ ކެއުމެއް (މީލެއް) ކައްކާ ގަޑީގައި މުވައްޒަފުން ތިބޭ ސްޓޭޓަސް އެނގޭނެ ގޮތުގެ ފޮޓޯއެއް ނަގައި ވައިބަރ ކުރުން.
  2. ކޮންމެ ގަޑިއެއްގެ މީލް ޕެކްކުރިއިރު މުވައްޒަފުން ތިބިގޮތް ދައްކައިދޭ ފޮޓޯއެއް ނަގައި ވައިބަރ ކުރުން
  3. ޑެލިވަރީކުރާ އިރު ފުޑްޕެކްކުރި ކޮތަޅުގެ ބޭރުން ޑެލިވަރީ ހެނޑްލް ކުރުމަށް 2 ވަނަ ކޮތަޅެއްލުން
  4. ކައްކާ މީހުންނާއި، ޕެކްކުރާ މީހުންނާއި ޑެލިވަރީކުރާ މީހުންގެ ތެރެއިން އެއްވެސް މުވައްޒަފަކަށް ކޮވިޑަށް ޝައްކުކުރެވޭ ކަމެއް ނުވަތަ އެމުވައްޒަފު ހުންނަ ތަނަކުން އެފަދަކަމެއް ފެނިއްޖެނަމަ އެކަން ޕީއެސްއެމްއަށް އެންގުން.
  5. މައްސަލައެއް ދިމާވާއިރު މިއިން ކަމަކާއި ޚިލާފުވެފައިވާނަމަ އިތުރު އިންޒާރަކާއި ނުލައި ކުރިއަށް ހުރި އޯޑަރުތައް އެއްކޮށް ކެންސަލްކުރުމުގެ އިޚްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

ކޮޓޭޝަން ހުށަހަޅާ ފަރާތުގައި ހުންނަޖެހޭ ޝަރުތުތައް:

  1. ކެއުމުގެ ޚިދުމަތް ދިނުމަށް ރަސްމީ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައިވުން
  2. ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިއޮތުން
  3. ކެއުމުގެ ޚިދުމަތް ދިނުމުގައި މަދުވެގެން 3 މަސްދުވަސް ވެފައިވާ ފަރާތެއް ކަމުގައިވުން.
  4. ލޮކްޑައުން ޙާލަތުގައި ކައްކައި ޑެލިވަރީކޮށްދިނުމުގެ ލައިސެންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން
  5. އަމިއްލަ ޚަރަދުގައި ޑެލިވަރީ ކޮށްދިނުން

 

ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައް:

  1. ދީފައިވާ އަގަށް (ދުވާލަކަށް ބޮލަކަށްޖެހޭ އަގު) ވުރެ ބޮޑުނުވުން
  2. ހުށަހަޅާ މެނޫގެ ވެރައިޓި (ހަފްތާގެ ދުވަސް ތަފާތު ވާގޮތައް)

2.1    ރޯދަ ވީއްލުމުގެ މެނޫ

2.2    ތަރާވީސް މެނޫ (ލައިޓް މެނޫއެއް)

2.3    ހާރުދަމުގެ މެނޫ

  1. ސަޕްލައިކޮށްދިނުމަށް ހޮވަނީ ރަމަޟާމަހުގެ ކޮންމެ ހަފްތާއަކަށް (ކޮންމެ 7 ދުވަހަކަށް) ވަކި ފަރާތަކެވެ.
  2. ލޮކްޑައުންގެ ޙާލަތު ބަދަލުވެ ޕީއެސްއެމްއިން ލޮކޮޑައުން ޙާލަތުގައި މަސައްކަތް ކުރަމުން ދިޔަގޮތް ނޫންގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ އެޑްވާންސްކޮށް އެއް ދުވަސް ކުރިއަށް ސަޕްލައިކޮށްދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އެންގުމަށް ފަހު ކުރިއަށް ހުރި އޯޑަރުތައް ކެންސަލް ކުރުމުގެ އިޙްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.

މެނޫ އާއިއެކު ކޯޓޭޝަން ހުށަހަޅަން ޖެހޭ ތާރީޚާއި ގަޑި އަދި ތަން:

  1. ކޯޓޭޝަން ބަލައިގަންނާނީ އިމެއިލް މެދުވެރިކޮށެވެ. އީމެއިލް އެޑްރެހަކީ ([email protected])
  2. ތާރީޚް އާއި ގަޑި: 22 އޭޕްރީލް 2020 ގެ ހަވީރު 4:00ގެ ކުރިން. 

26 ޝައުބާން 1441             

                                19 އޭޕްރިލް 2020        

20 އޭޕްރިލް 2020