ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޝާން މަހުގެ ހަނދުބެލުން
ފާއިތުވެ އަހަރުތަކަކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވޭނެ އިންތިޒާމް މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ނަމަވެސް، މިދުވަސްވަރަކީ ނުރައްކާތެރި ރޯގާއެއް (ކޮވިޑް-19) ފެތުރިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށްވާތީ، ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، ތިރީގައި ދެންނެވިފައި އެވާ ނަންބަރުތަކުގެ ތެރެއިން ނަންބަރަކަށް ގުޅުއްވައި ކޯޓުން އަންގާ ގޮތެއްގެ މަތީން ހެކިބަސް ދެއްވުމަށް ދަންނަވަމެވެ. ހަނދު ފެނިގެން އެކަމުގެ މަޢޫލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.
ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް، 29 ޝައުބާން 1441 (22 އެޕްރީލް 2020) ވާ ބުދަ ދުވަހުގެ ހަވީރު 6:00 ން ފެށިގެން އިރުއޮއްސި 7:30 އަށް މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ.
ގުޅޭނެ ނަންބަރުތައް:
- ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓު 9470017
- ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓު 7759529
- ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓު 9444789
- ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓު 7871446
- ގއ.ދާންދޫ މެޖިސްޓްރޭޓު ކޯޓު 9143888
- ގއ.ދެއްވަދޫ މެޖިސްޓްރޭޓު ކޯޓު 9840400
- ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު 7647660
- ގއ.ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓު 9713680
- ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓު 7650606
މަތީގައި އެވާ ނަންބަރަކަށް ނުގުޅިއްޖެނަމަ 9997179 ނުވަތަ 9997551 ގުޅުއްވުން އެދެމެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝައުބާން 1441
20 އެޕްރީލް 2020