ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2020/149
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 21:54
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނައުމާއި ގުޅޭ

އިޢުލާން

               މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއިގުޅިގެންއައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން  18 އެޕްރީލް 2020ން ފެށިގެން ސިއްހީ ޚިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި ޢައްމުޚިދުމަތް ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމުގައި މިދަންނަވާ ގޮތުގެ މަތީން ޢަމަލުކުރުމަށް އަންގަމެވެ.

  • ޢާއްމު ވިޔަފާރި ކުރާފިހާރަތަކާއި، ޢާއްމުޚިދުމަތް ދޭތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 09:00އިން ހަވީރު 05:00އަށް. ވިޔަފާރި ކުރާތަންތަނުން ހަވީރު 5:00އިން ރޭގަނޑު 10:00އަށް ޑެލިވަރީ ކޮށްދިނުން.
  • ހޮޓާ ރެސްޓޯރަންޓް ފަދަތަންތަނުން ހެނދުނު 09:00 އިން ރޭގަނޑު 12:00އަށް ހަމައެކަނި ޓޭކް އަވޭއާއި، ޑެލިވަރީގެ ޚިދުމަތްދިނުން.
  • ގާޑިޔާތަކުގެ ވިޔަފާރި ހެދުނު 09:00ން ހަވީރު 05:00އަށް ޓޭކް އަވޭއާއި ޑެލިވަރީ، ކޮށްދިނުން.  

                 މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޝަޢުބާން 1441

17 އޭޕްރިލް 2020