ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2020/148
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 21:51
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި ގުޅޭ
އިޢުލާން
ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ 2020/36 (17.04.2020) ނަންބަރު އިޢުލާންގައި ވާގޮތަށް މިއަދު ހަވީރު 06:00 ފެށިގެން ވަކި ގޮތެއް އަންގަންދެން ޟަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުން މަނާކަމުގައި ދަންނަވަމެވެ.
- ގަން،ފޭދޫ، މަރަދޫފޭދޫ/މަރަދޫ އަދި ހިތަދޫއިން އެއްރަށުން އަނެއްރަށް އެއްގަމު މަގުން އަދި ކަނޑުމަގުން ދަތުރުކުރުން.
- ހުޅުދޫ މީދޫ އިން ހިތަދޫ، މަރަދޫ މަރަދޫފޭދޫ، ފޭދޫ، އަދި ގަމަށް ކަނޑުމަގުން ދަތުރުކުރުން.
- ޝަންގްރިއްލާރިސޯޓް، ކެނެރީފް ރިސޯރޓް އަދި ސައުތުޕާރމް ރިސޯޓްއިން އެއްރަށުން އަނެއްރަށަށް ކަނޑުމަގުން ނުވަތަ ކޯޒްވޭ ހުރަސްކޮށް ދަތުރު ކުރުން.
- އަދި ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބަހައްޓައި ، ދިރި އުޅޭ ގޭބިސީ ފިޔަވައި ، އެހެނިހެން ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގަމެވެ.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
24 ޝަޢުބާން 1441
17 އޭޕްރިލް 2020