ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2020/82
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 30 އޭޕްރިލް 2020 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޮކްޑައުން ޙާލަތުގައި މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކާބެހޭ

އިޢުލާން

 

ލޮކްޑައުން ޙާލަތުގައި މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކާބެހޭ

 

      ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޙާއްޞަ ފިޔަވަޅުތައް އެޅުމަށް ނެރެފައިވާ އެންގުން ނަންބަރު 37/2020 (މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗައް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން)، ތަންފީޒުކުރަމުންދާ މުއްދަތުގެ ތެރޭގައި، މިހާތަނަށް ގުދަންތަކުންނާއި ފިހާރަތަކުން މުދާ ފޯރުކޮށްދެމުން ގެންދާ ވިޔަފާރިތަކުގެ އިތުރުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭގެއަށާއި ފިހާރަތަކަށް މުދާ ފޯރުކޮށްދޭން ފަށަން ބޭނުންވާ ހުރިހާ ފަރާތްތަކުން، ތިރީގައިވާ ތަފްޞީލު މިނިސްޓްރީއާ ޙިއްޞާ ކޮށްދެއްވުމަށް ދަންނަވަމެވެ.

 

(1)  ވިޔަފާރި ނަން

(2)  ޒިންމާވާ ފަރާތުގެ ފުރިހަމަ ނަން

(3)  މޯބައިލް ނަންބަރު

(4)  މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ޞަރަޙައްދު

 

ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

17 އޭޕްރިލް 2020