ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/15
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 12:44
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް 19 އާއިގުޅިގެން ރަށަށް އަރާ ފައިބާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ މީހުން ހޯދުން
ނުރައްކާތެރި ކުރޯނާ ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ މާލެ އިން 3 މީހަކު މިބަލި ޖެހިފައިވާކަން ކަށަވަރުވެ މިބަލީގެ ބިރުވެރިކަން އިންތިހާ މިދަނޑިވަޅުގައި ރަށަށް އަރާ، ފުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އެއްކޮށް ބަލަހައްޓަށް ބޭނުންވާތީ ރަށުގެ ދެ ސަރަޙައްދަކުން ލަފާ، ފުރާ މީހުންގެ މަޢުލޫމާތު ނެގުމަށްޓަކައި ހިލޭ ސާބަހަށް މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ބޭފުޅުން މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 12.00 ގެ ކުރިން މިދަންނަވާ ނަންބަރަށް SMS އަކުން މިދަންނަވާ މަޢުލޫމާތު ފޮނުއްވައި ދެއްވުން އެދެމެވެ. 7743397
- ފުރިހަމަ ނަމާއި އެޑްރެސް.
- އައި ޑީ ކާޑު ނަންބަރ.
- ޖިންސް.
- އުމުރު ނުވަތަ އުފަން ތާރީޚް.
- ފޯނު ނަންބަރ/ ނަންބަރ ތައް.
- މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތުގެ ބޭނުމަށް އިމަޖެންސީގައި ގުޅާނެ ނަންބަރ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 އޭޕްރިލް 2020