ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/10
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 12:07
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކާލުމުގެ ޚިދުމަތުގެ އަގުނެގުމާއި ބެހޭ

ކުނި އުކާލުމުގެ ޚިދުމަތުގެ އަގު ނެގުމާއި ބެހޭ

                މިކައުންސިލުގައި ރަޖިސްޓަރީ ކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ހަނިމާދޫ ކައުންސިލް އިދާރާއިން ރަށުގެ ގެތަކާއި ވިޔަފާރިކުރާ ތަންތަނުން ނަގާ ކުނިފީ ނުރައްކާތެރި ކްރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާނެ އިގުތިޞާދީ ހީނަރުކަމަށް ބަލާ އަދި ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އާއްމު ދިރިއުޅުމުގެ ޚަރަދު އިތުރަށް ބޮޑުވާނެއަތީ 2020 އޭޕްރީލް، މެއި، ޖޫން ތިން މަސް ދުވަހުގެ ކުނިފީ ގޭ ބިސީ ތަކުން ދައްކަން ނުޖެހޭ ގޮތަށް ހަނިމާދޫ ކައުންސިލުން ހަމަޖައްސައިފީމެވެ. ނަމަވެސް ފިހާރަ ތަކާއި، ހޮޓާ ކެފޭ ރެސްޓޯ ރެންޓް ތަކާ ސަރުކާރުގެ އިދާރާތަކާ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނިފީ ދައްކަވާނީ ކޮންމެ ހަފްތާޔަކު އަންގާރަ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އިން 11:50 އަށް ކައުންސިލް އިދާރާ އަށެވެ. މި މުއްދަތުގައި ކުނިފީ ބަލައި ގަތުމުގައި އެއްވެސް ފަރާތަކުން ޖުރުމަނާ ފައިސާ އެއް ދައްކާކަށް ޖެހި ވަޑައި ނުގަންނަވާނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2020