ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MRH-ADM/2020/10
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 22 އޭޕްރިލް 2020 11:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު މަޤާމުގެ ފުރުސަތު

މިހޮސްޕިޓަލްގެ ނަންބަރު (IUL)MRH-ADM/2020/09 (13 އޭޕްރީލް 2020) އިޢުލާންގައި "މަޤާމަށް އެދެންވެންވީ ގޮތާއި ސުންގަޑި " ގައި 19 ޖުލައި 2020 އޮޅުމަކުން ޖެހިފައިވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް އަލުން މިމަޤާމް އަށްމީހަކު ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މަޤާމު:

ތަރުޖަމާނު

މަޤާމުގެ ނަންބަރު:

J-254697

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލީ ރީޖަނަން ހޮސްޕިޓަލް / މ.މުލި

މުސާރަ:

4465.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

1.ސަޕޯޓިން ކޯ އެލަވަންސް (700.00 ރުފިޔާ މަހަކު)

2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

3.ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

4.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.

5.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ހުރިހާ މީހުންނަށް އަޅާލުމާއި، އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައިދިނުމާއި ބާސްދޭހަކޮށްދިނުން.
  2. އައުޓް ޕޭޝަންޓް ރެކޯރޑްސް ބެލެހެއްޓުމާއި އައި.ސީ.ޑީ ކޯޑިންގެ ހުރިހާ މަސައްކަތެއް ކުރުން.
  3. ހޮސްޕިޓަލަށް ޒިޔާރަތްކުރާ މެޑިކަލް ޓީމުތަކާއި އެކު (މެޑިކަލް ކޭންޕް) މަސައްކަތް ކުރަން ޖެހިއްޖެނަމަ އެފަދަ ޓީމް ތަކާއިއެކު މަސައްކަތް ކުރުން.
  4. ކޮންސަލްޓިން ރޫމްތަކުގައި ބޭނުންކުރަންޖެހޭ ލިޔެކިއުމުގެ ސާމާނާއި ކޮންސުއުމަބަލް އަދި އިންސްޓްރޫމެންޓްސް ފަދަތަކެތި ހޯދާ އެގްޒަމިނޭޝަން ކިޓްރައް ހަމަކުރުން.
  5. ބަލިމީހާއާއި ޑޮކްޓަރާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން. ކަމާއި ނުބެހޭ އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ޙިއްސާނުކުރުން.
  6. ބަލިމީހުންނަށް އެއްވެސް އޮޅުމެ ނާރާނެގޮތަށް، ސާފުވާގޮތަށް ޑޮކްޓަރގެ ވާހަކަތައް އޮޅުން ފިލުވައިދިނުން.
  7. އައުޓް ޕޭޝަންޓެއްގެ ގޮތުައި އަންނަފަރާތެއް، މެޑިކަލް ލީގަލް ކޭސްއެއްގެ ގޮތުގާ ރެޖިސްޓަރ ކުރަންޖެހިއްޖެނަމަ، މެޑިކޯ ލީގަލް ރެޖިސްޓަރ ހޯދައިގެން ކޭސް ރެޖިސްޓަރކޮށް ހުރިހާ މަޢުލޫމާތެއް ނޯޓްކުރުމަށްފަހު ރެޖިސްޓަރ އަބުރާ ޙަވާލުކުރުން.
  8. ބަލިމީހުންނަށް ޑޮކްޓަރ ދޫކުރާހުރިހާ (ރިފަރަލް، މެޑިކަލް ސެޓްފިކެޓް، މެޑަފޯމް ފަދަ ލިއުންތައް) ލިއުމެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތުތެއް ރަގަޅަށް ފުރިހަމަކުރުން.
  9. ޢާންމުކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއަކީ ރަޖިސްޓްރޭޝަނުގެ ކައުންޓަރގައި (ފްރަންޓްއޮފީހުގައި) ކަމަށްވުމާއެކު އެސެކްޝަނުގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި އަމަލީގޮތުން ބައިވެރިވެ  މަސައްކަތް ކުރަމުންގެންދިއުން، މިގޮތުން ރިސެޕްޝަނިސްޓުންނާއި ޕީ.ޢަރު.އޯއިންގެ މަސައްކަތުގައި އެހީތެރިވެދީ އަމަލީގޮތުން މަސައްކަތް ކުރުން. އަދި ވެދެވެން އޮތްވަރަކުން ކޭޝިއަރުންގެ މަސައްކަތުގައިވެސް އެހީތެރިވެދިނުން.
  10. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން ނުވަތަ މުވައްޒަފުން މަދުވެ އިތުރުމުވައްޒަފުންގެ އެހީތެރިކަމަށް ވޭނުންވެއްޖެހާލަތެއްގާ، އެމުވައްޒަފެއްގެ އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަންއެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަން ވާނެއެވެ. އަދި މިފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން.
  11. ހޮސްޕިޓަލުން ހިންގާ ހެލްތް ޕޮރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާޢި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވުން.
  12. މަސައްކަތް ކުރުމުގައި ސަލާމާތާއި ރައްކާތެރިކަމަށް ކަނޑައެޅިފައިހުންނަޤަވައިދުތަކާއި، އިރުޝަދުތައް ދަނެ އެއާއި އެއްގޮތަށް އަމަލްކުރުން.
  13. ޑިއުޓީ ގަޑިއަކީ ރައްޔިތުންގެ ޙިދުމަތުގައި މަސައްކަތް ކުރަންތިބޭގަޑިއެއްކަމުން ޝެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސްކަމަކަށް ވަގުތު ހުސްކޮށްގެން ނުވާނެއެވެ.
  14. މަސައްކަތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކަޑައެޅިފައި ހުންނަ ޤަވާއިދުތަކާއި، އިރުޝާދުތައް ދަނެ އެއާއި އެއްގޮތަށް އަމަލުކުރުން.
  15. ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް އިޙުތިރާމާއެކު ޖަވާބު ދިނުމާއި އެކު ބޭނުންވާ މަޢުލޫމާތުތައް ރަގަޅަށް ސާފުކޮށްދިނުން.
  16. ހޮސްޕިޓަލުން ހިދުމަތް ދެވެން ނެތިގެން / ހާލުބޮޑުވެގެން މާލެއަށް ނުވަތަ އެހެން ތަނަކަށްވެސް ޑޮކްޓަރަށް ބަލިމީހަކު ރިފާރ ކުރައްވައިފިނަމަ އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާކަންތައް ކުރުމުގައި އެހީތެރިވެދިނުން.
  17. އެންބިއުލަންސްގެ ޙިދުމަތަށް އެދޭފަރާތްތަކަށް އެޙިދުމަތް މަގުފަހިކޮށް ދިނުމާއެކު، ލަސްނުކޮށް ޙިދުމަތް ލިބޭނެގޮތް ހަމަޖެއްސުމާއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  18. ޑެއިލީ ސަވައިލަންސްއަށް ބޭނުންވާ މަޢުލޫމާތު ދަވަހުންދުވަހަށް ސަރވަރ އަށް އެންޓަރކުރުން
  19. ބަލިމީހުންގެ މަޢުލޫމާތުތަށް ޕޭޝަންޓް އިންފޮމޭޝަން ސިސްޓަމްއަށް ޑެއިލީކޮށްއެންޓަރކުރުން.
  20. އިންޓަރނެޓްގެބޭނުން ހެޔޮގޮތުގައި ހިފާ މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތުތައް ހޯދާ ލިބިގަތުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މުލީ ރިޖަނަލް ހޮސްޕިޓަލްގެ އޮފީހުން  ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޭޕްރީލް 2020 ގެ 11:00 ގެ ކުރިން، މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26/4/2020  އާއި 30/4/2020 އާ ދެމެދު، މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720637 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 އޭޕްރިލް 2020