ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2020/59
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 13:34
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަދަނޑުތައް އިންދުމާއި ބެހޭ

ފުވައްމުލަކަކީ ގިނައަލަދަނޑު އިންދާ ހައްދަމުން އަންނަ ރަށެކެވެ. އެހެންނަމަވެސް ފާއިތުވި ގިނަ އަހަރުތަކުގައި ބައެއް އަލަދަނޑުތައް ނުބަލަހައްޓާ ގިނަދުވަސް ވުމުގެ ސަބަބުން އަލަގަސްތައް މަރުވެ އޮޅުތައް ވަނީ ވިނައާއި އެކިއެކި ގަސްތައް ހެދިފައެވެ. އަދި މިފަދަ ބައެއްއޮޅުތައް ބަރައި ބައެއް ފަރާތްތަކުން ވަނީ ރުއްގަސްވެސް އިންދާފައެވެ.

މިދުވަސްވަރަކީ ވަރަށްގިނަ ފަރާތްތަކަކުން އަލަގަސް އިންދާ ދުވަސްވަރަކަށްވެފައި، ބައެއް ފަރާތްތަކުން އިސްވެ ދެންނެވިފަދަ، ވިނަގަސް ހެދިފައިވާ އޮޅުތައް ކުރިން އެއޮޅުތައް ބޭނުންކުރި ފަރާތް ނޫން ފަރާތްތަކުން އަލަގަސް އިންދާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. އެހެންކަމުން މިފަދަ އޮޅުތައް އެހެން ފަރާތަކުން ޖަހަން ބޭނުންވެއްޖެ ހިނދެއްގައި އަމަލު ކުރަމުން އަންނަ އުސޫލަކީ މިއިދާރާއަށް އެކަން ހުށަހެޅުމުން އަލައޮޅުގެ ވެރިފަރާތަށް އޮޅުޖެހުމަށް މުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި އޮޅު ނުޖަހައިފިނަމަ އޮޅު ބޭނުންވެގެން ހުށަހަޅާފަރާތަށް އޮޅު ދޫކުރުމެވެ. އަދި އެއްވެސް ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުގައި ނުވާ ތަންތަނުގައި އަލަ އޮޅު އިންދަން ބޭނުންވާނަމަ އެކަން މިއިދާރާއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ނޫނީ އެތަންތަނުގައި އަލަ އޮޅު ނުއިންދުމަށް ދަންނަވަމެވެ.

ވީމާ މި ދެންނެވުނު ކަންކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 އޭޕްރިލް 2020