މަސައްކަތް
ނަންބަރު: 198-F/2020/86
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 20:11
ސުންގަޑި: 22 އޭޕްރިލް 2020 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުމުގެ މަސައްކަތް

އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު: 198-F/2020/84 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މި ކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 20 އެޕްރީލް 2020 ވަނަދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 އެޕްރީލް 22 ވަނަ ދުވަހުގެ  11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޝައުބާން  1441

14 އޭޕްރިލް 2020