ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާއާއީ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލު ތަކަކާއި އިންތިޒާމު ތަކެއްގެ މަތިން އަލުން ފެށުމަށް މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ. ހޮނިހިރު ބާޒާރު އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމުން ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލެއްވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީވުން އެދެމެވެ. ހޮނިހިރު ބާޒާރު އަލުން ފަށާއިރު ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަނިކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށްޓަކައި 14، 15 އަދި 16 އޭޕްރިލް ވަނަ ދުވަހު ހެނދުނު 10:15އިން މެންދުރު 12:00އާއި ދެމެދު 6527188 ނުވަތަ 6527177 ނަންބަރު ފޯނަށް ގުޅުއްވައި ރަޖިސްޓްރީވުން އެދެމެވެ. މި ގަޑިތަކުގައި ގުޅަން ދަތި ބޭފުޅުން މި ކައުންސިލްގެ ހޮޓްލައިން 9531312 އަށް ޓެކްސްޓް ނުވަތަ ވައިބަރ މެދުވެރިކޮށް ފުރިހަމަ ނަން، ގުޅޭނެ ނަންބަރު އަދި ބޭނުން ބަޔާންކޮށް މެސެޖް ކުރެއްވުމުން އެ ފަރާތްތަކާއި ގުޅައި ރަޖިސްޓްރީކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.