ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2020/44
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 19:42
ސުންގަޑި: 11 މޭ 2020 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
12 އެޕްރީލް 2020 ން ފެށިގެން މިއޮތޯރިޓީގެ ޙިދުމަތް ދިނުމާއި ގުޅޭ

   ދިވެހިރާއްޖޭގައި ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން، 19 މާރިޗު 2020 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ހަމަޖެއްސަވާފައިވާތީ، މިއޮތޯރިޓީން ދެމުން ގެންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ވާނީ ހުއްޓާލާފައެވެ. ނަމަވެސް 12 އެޕްރީލް 2020 ން ފެށިގެން ހަމައެކަނި ތިރީގައިވާ  ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

 

  1. 28 ފެބުރުވަރީ 2020 ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ،އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އާ ކުރުން.
  2. އަލަށް ރަޖިސްޓަރީ ކުރެވޭ ސައިކަލު ރަޖިސްޓަރީ ކުރުން.
  3. މާލެ ފިޔަވައި އެހެންތަންތަނަށް އަލަށް ރަޖިސްޓަރީ ކުރެވޭ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން.
  4. އަލަށް ރަޖިސްޓަރީ ކުރެވޭ ކަނޑުގެ އުޅަނދު ރަޖިސްޓަރީ ކުރުން
  5. އޮޑީގެ ނަންބަރުގެ ޚިދުމަތް.

 

            ވީމާ، މިދެންނެވި  ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވެނީ  ކޮންމެ ހަފްތާއަކު އާދިއްތަ އަދި އަންގާރަ ދުވަހު 09:00 ން 12:00 އަށެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މިއޮތޯރިޓީގައި ޤާއިމު ކުރެވިފައިވާ " އެޕްލިކޭޝަން ބޮކްސް" އަށެވެ. މިގޮތުން ހުށަހަޅުއްވާ ކޮންމެ އެޕްލިކޭޝަނާއެކު ޗެކްލިސްޓް ހުށަހަޅުއްވަންވާނެވެ. އަދި "އެޕްލިކޭޝަން ބޮކްސް" އަށް ހުށަހަޅާ ކޮންމެ އެޕްލިކޭޝަނެއް ހުށަހަޅުއްވަންވަނީ ބަންދުކުރެވިފައިވާ ވަކި ސިޓީއުރައެއްގައި އެޕްލިކޭޝަން ފޯމު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯންނަންބަރު އެނގޭގޮތަށެވެ. ސިޓީ އުރައެއްގައި ހުށަހުޅުއްވޭނީ 01 އެޕްލިކޭޝަނެވެ. މިނޫންގޮތަކަށް ހުށަހަޅުއްވާ އެޕްލިކޭޝަންތަކަށް ޚިދުމަތެއް ނުދެވޭނެއެވެ.

 

            މިދެންނެވިގޮތަށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ޗެކްކޮށް ނިމުމުން،ފައިސާ ދެއްކުމަށް ވަޑައިގަތުމަށް މިއޮތޯރިޓީން ގުޅަމުން ގެންދެވޭނެއެވެ. މިގޮތުން މިއޮތޯރިޓީއަށް ވަޑައިގަތުމަށް ދަންނަވާ ފަރާތްތްތަކުން ވަޑައިގަތުމަށް ދަންނަވާ ގަޑީގެ 5 މިނިޓް ކުރިން މިއޮތޯރިޓީއަށް ވަޑައިގަތުމަށްވެސް ދެންނެވީމެވެ.

11 އޭޕްރިލް 2020