ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A2/1/2020/52
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 16 އޭޕްރިލް 2020 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުޒިޔާރަތް ކޮޅު ޕާރކްގެ ބައެއް މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމާބެހޭ

ލޮނުޒިޔާރަތްކޮޅު ޕާރކްގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

 

ލޮނުޒިޔާރަތްކޮޅު ޕާރކްގައި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      3 ހަޓް

      1 ކޮންޓެއިނަރގައި ހަދާ  އޮފީހާއި ސްޓޯރ

 

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ޓޭބަލްގައި ފާހަގަކޮށްފައިވާ ތަނަށްވަޑައިގެންދެއްވުންއެދެމެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

13 އޭޕްރީލް 2020

14:00

ލޮނުޒިޔާރަތްކޮޅުގައި ހަދަމުންގެންދާ ޕާކު

ބިޑް ހުށަހެޅުން

16 އޭޕްރީލް 2020

14:00

މާލޭ ސިޓީ ކައުންސިލް އިދާރާ (އެމްޑަބްލިޔު އެސްސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 4ވަނަ ފަންގިފިލާ)

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3321684 އަށް ގުޅުއްވުން އެދެމެވެ.

     

                                     16 ޝައުބާން  1441

09 އޭޕްރިލް 2020